އަންހެނެއްގެ ހެދުން ލީ އިނގިރޭސި ފަތުރުވެރިއަކު 5000 ދިރުހަމުން ޖުރުމަނާކޮށްފިއެވެ.
ދުބާއީއަށް ގޮސް އުޅުނު އިނގިރޭސި ފިރިހެނަކު އަންހެނުންގެ ހެދުން ވިއްކާ ފިހާރައަކަށްވަދެ ހެދުމެއް ގަނެ، ހެދުން ބަދަލުކުރާ ކޮޓަރިއަށް ވަދެ އެހެދުން ލައި، އަންހެނަކާއި އެއްގޮތަށް މޭކަޕްކުރުމުން 5000 ރިޔާލައިން ޖުރުމަނާކޮށްފިއެވެ.
ކޯޓުގައި އޭނާ ބުނީ އޭނާ އެކަންކުރީ އެއްވެސް ޖިނާއީ ކުށެއް ކުރުމުގެ ނިޔަތުގައި ނޫން ކަމަށާއި ހަމަ އަންހެން ހެދުމެއްލާހިތް ވެގެން ކަމަށެވެ.
އޭނާ ބުނީ އޭނާ އާންމުކޮށް ލަންޑަނުގައި ލައި އުޅެނީ އަންހެން ހެދުން ކަމަށެވެ. އަދި އެކަމަކީ އިނގިރޭސިވިލާތުގައި ހުއްދަ ކަމެއް ކަމަށެވެ. އަދި އޭނާ އަބަދުވެސް އުޅެނީ ލިޕްސްޓިކްވެސް ޖައްސައިގެން ކަމަށެވެ.
ފަނޑިޔާރު ވިދާޅުވީ އެއީ ކަލޭ އުޅެން ބޭނުންވާ ގޮތް ކަމަށް ވެދާނެ ކަމަށާއި ނަމަވެސް ދުބާއީގައި މަނާކަންކަމަށް ދުބާޢީގައި އަމަލުކުރަންޖެހޭނެ ކަމަށެވެ. އަދި ދުބާޢީގައި އަމަލުކުރާނީ ދުބާއީގެ ޤާނޫނަށް ކަމަށެވެ.