ބަޑީގެ ވަޒަންތަކުން އަހަރެން ސަލާމަތްވީ މަރުވެއްޖެ ކަމަށް ހެދިގެން އޮތުމުން: އަލްމާލިކީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ބަޑީގެ ވަޒަންތަކުން އަހަރެން ސަލާމަތްވީ މަރުވެއްޖެ ކަމަށް ހެދިގެން އޮތުމުން: އަލްމާލިކީ
"ބަޑީގެ ވަޒަންތަކުން އަހަރެން ސަލާމަތްވީ މަރުވެއްޖެ ކަމަށް ހެދިގެން އޮތުމުން" ކަމަށް ސައުދީ މުދައްރިސެއް ކަމަށްވާ ޖަބްރަން އަލްމާލިކީ ވިދާޅުވެއްޖެއެވެ.

ޖަބްރަން އަލްމާލިކީ އަކީ އަލްޖަޒަންގެ އަލްދާއިރުގައި ހުރި ތައުލީމީ އޮފީހަށް ބުރާސްފަތި ދުވަހު ޓީޗަރަކު ވަދެ ބަޑިތަޅައިގަތް އިރު އެތަނުގައި ހުރި ޓީޗަރެކެވެ.

އަލްމާލިކީ ވިދާޅުވީ ކުއްލިއަކަށް އެތައް ބައިވަރު ވަޒަންތަކެއް ފޮނުވަން ފެށުމުން އޭނާ ހީފުޅު ކުރެއްވީ ގިނަ ބައަކު ބަޑިހިފައިގެންވަދެ ވަޒަން ޖަހަމުން ގެންދަނީ ކަމަށެވެ. އަދި އޭނާއަށް ހުންނެވުނުތަނުން އެހެންތަނަކަށް ވަޑައިގަތުމުގެ ފުރުޞަތު ނެތުމުން ހުންނެވިތަނުގައި އޮށޯވެވަޑައިގަތީ ކަމަށެވެ. އަދި މަރުވެއްޖެކަމަށް ދައްކަވައިގެން އޮންނެވިގޮތަށް އެތަނުގައި އޮންނެވީ ކަމަށެވެ. އަދި ތެދުވެވަޑައިގަތީ ހުރިހައިކަންކަން ހަމަޖެހިއްޖެކަން ޔަޤީންވެވަޑައިގަތުމުން ކަމަށެވެ.

މިހާދިސާގައި މަރުވި 7 މީހުންގެ ތެރެއިން 6 މީހަކު ވަޅުލުމަށް ބޭއްވި ޖަނާޒާގައި ގިނަ އަދަދެއްގެ ޓީޗަރުން ވަނީ އެމީހުންނަށް ކުރަންޖެހުނު ތަޖުރިބާތައް ހިއްސާކޮށްފައެވެ.

ޓީޗަރުން ބުނީ އެންމެ ހައިރާންވަނީ ޓީޗަރަކު ޓީޗަރުންނަށާއި ތައުލީމީ ދާއިރާގެ މުވައްޒިފުންގެ ގައަށް ބަޑިޖެހުމުން ކަމަށެވެ.
މިކަމުގެ އިތުރު ތަފްޞީލުތައް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
މިއަދު އޮންލައިން