މުޒާހަރާކުރި ބައަކަށް ހިތްވަރުދިންކަމުގެ ތުހުމަތުގަ އެމެރިކާގެ 4 މިހާކު ބަހްރައިނުން ހައްޔަރުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
މުޒާހަރާކުރި ބައަކަށް ހިތްވަރުދިންކަމުގެ ތުހުމަތުގަ އެމެރިކާގެ 4 މިހާކު ބަހްރައިނުން ހައްޔަރުކޮށްފި
ބަހްރައިންގައި މުޒާހަރާކުރި ބައަކަށް ހިތްވަރުދިންކަމުގެ ތުހުމަތުގައި އެމެރިކާގެ 4 މީހަކު ބަޙްރައިންގެ ފުލުހުން ހައްޔަރުކޮށްފިއެވެ.

ރިޕޯޓުތައް ބުނާގޮތުން މިމީހުން ބުރާސްފަތި ދުވަހު ބަހްރައިނަށް އެތެރެވެފައިވަނީ ޓޫރިސްޓުންގެ ގޮތުގައެވެ. ނަމަވެސް އެމީހުން މަސައްކަތްކޮށްފައިވަނީ ނޫސްވެރިންނަށް ހެދިގެންނެވެ.

ބަހްރައިންގަ ހުރި އެމެރިކާ އެމްބަސީން ވަނީ އެމީހުން ހައްޔަރުކުރިކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް އެއީ ކޮންބައެއް ކަމާއި އެމީހުން ހައްޔަރުކުރީ ކީއްވެގެންކަން ހާމަކުރުމަށް ވަނީ ދެކޮޅު ހަދައިފައެވެ.

4 މީހުންގެ ތެރެއިން އެކަކު މޫނު ނިވާކޮށްގެން ހުރެ މުޒާހަރާކުރި މީހުންނާ ވާހަކަ ދެއްކި ފޮޓޯއެއް ސޯޝަލް މީޑިއާގައި ވަނީ ހާމަކޮށްފައެވެ.
ފުލުހުން ބުނީ ނޫސްވެރިންގެ ގޮތުގައި ބަޙްރައިންގައި މަސައްކަތްކުރުމަށް ނަގަންޖެހޭ ހުއްދަ މިމީހުން ނަގައިފައި ނުވާ ކަމަށެވެ.
މިއަދު އޮންލައިން