500 ރުޕީސް، ގާތްގަނަޑަކަށް 7 ޑޮލަރަށް ގަންނަން ލިބޭ ސްމާޓް ފޯނެއް މާދަމާ އިންޑިއާގައި ތަޢާރަފްކުރާނެއެވެ.
"ފްރީޑަމް 251" ގެ ނަމުގައި ތަޢާރަފްކުރާ މި ސްމާޓް ފޯނަކީ "ކޮންމެ އިންޑިއާ ރައްޔިތަކަށް ސްމާޓް ފޯނެއް" ޝިޢާރުގެ ދަށުން އިންޑިއާ ސަރުކާރުން ތައާރަފްކުރާ ފޯނެކެވެ. ސަރުކާރުގެ ބޭނުމަކީ އިންޑިއާގެ ކޮންމެ ރައްޔިތަކާއިވެސް ސްމާޓް ފޯނަކުން ގުޅިފައި ހުރުމެވެ.
ފޯނު ރިންގްވުމުން އިވޭނެ އަޑަކީ އިންޑިއާގެ ހުރިހައި ރައްޔިތުންނަށް ފާގަތި ދިރިއުޅަކަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ އެދިވަޑައިގަންނަވާ ކަމުގެ މެސެޖެކެވެ.
ފޯނު އުފައްދާ ކުންފުނިން ބުނެފައިވަނީ ނަރެންދުރަ މޯދީ އެދިވަޑައިގަންނަވާ ފަދައިން ކޮންމެ އެއްޗަކީވެސް އިންޑިއާގައި ކާމިޔާބުކަމާއިއެކު އުފެއްދިދާނެ އެއްޗެއް ކަމަށެވެ.
މިފޯން ވެގެންދަނީ ދުނިޔޭގެ ބާޒާރުގައި ވިއްކާ އެންމެ އަގުހެޔޮ ސްމާޓް ފޯނަށެވެ.
ދުނިޔޭގެ އެންމެ ކުޑަ ކޮމްޕިޔުޓަރު އިންޑިއާގައި އުފައްދައި އެންމެ 5 ޑޮލަރަށް ވިއްކުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.
ރާސްބަރީ ޕީއައި ޒީރޯގެ ނަމުގައި އުފައްދާ މި ކޮމްޕިޔޫޓަރުގެ ބޮޑުމިނަކީ 65 މިލިމީޓަރ/ 30 މިލިމީޓަރ/ 5 މިލިމީޓަރެވެ.