ހުތީ ހަނގުރާމަވެރިންނާ އދ އާއިމެދު ގުޅުންތަކެއް ހުރިކަމަށް ޝައްކު އުފެދިއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ހުތީ ހަނގުރާމަވެރިންނާ އދ އާއިމެދު ގުޅުންތަކެއް ހުރިކަމަށް ޝައްކު އުފެދިއްޖެ
ޔަމަނުގައި ހަނގުރާމަކުރާ ހޫތީންނާއި އދ އާއި ދެމެދު ގުޅުންތަކެއް ހުރިކަމަށް ތުހުމަތުކުރެވިއްޖެއެވެ. މިކަމަށް ޝައްކު އުފެދުނީ ކޯލިޝަނުން އަތުލައިގަތް ހަތިޔާރު ބޯޓުން ފެނުނު މުވާސަލާތީ އިކްއިޕްމަންޓްތަކަކީ އދ ގެ ވޯލްޑް ފުޑް ޕްރޮގްރާމުގެ ތަކެތި ކަމަށް ބުނުމުންނެވެ.

މިކަމާއި ގުޅިގެން ކޯލިޝަނުގެ ތަރުޖަމާނު ބްރިގޭޑިއަރ ޖެނެރަލް އަހްމަދު އައްސޭރީ ވިދާޅުވީ މިތަކެތި އެއީ އދ ގެ ތަކެތިކަމަށް އދ އިން ޑިކްލިއަރކޮށްފައި ނުވާ ކަމަށާއި އދ ފަދަ ޖަމާއަތެއްގެ ތަކެތި ޑިކްލިއަރ ނުކޮށް އެފަދަ ބޯޓެއްގައި ހުރުމަކީ މައްސަލައެއް ކަމަށެވެ.

އަހްމަދު އައްސޭރީ ވިދާޅުވީ ހޫތީން ބޭނުން ކުރަނީވެސް ހަމަ އެބާވަތުގެ އިކްއިޕްމަންޓްތައް ކަމަށްވުމުން ވަރަށް ބޮޑެތި ސުވާލުތައް އުފެދޭ ކަމަށެވެ.

ކޯލިޝަނުން މިހާރު ވަނީ އެއީ އދ އާއި ގުޅުންހުރިތަކެތި ނަމަ އެކަން ބަޔާންކޮށް ފުރިހަމަކުރަންޖެހޭ ލިޔުންތައް ފުރިހަމަކުރުމަށް އދ އަށް އަންގައިފައެވެ. އަދި އެގޮތަށް "ވަގަށް" ކަންކަން ނުކުރުމަށާއި ދެވަނަ ފަހަރަށް މިފަދަ ކަމެއް ތަކުރާރު ނުކުރުމަށް އަމަރުކޮށްފައެވެ.

ހަތިޔާރު ފެނިފައިވާ ބޯޓުގައި ގިނަ އަދަދެއްގެ ހަތިޔާރުގެ އިތުރުން އދ ބޭސް ކޮންޓެއިނަރެއްގެ އިތުރުން އީރާނުން އެރުވި 2 ކޮންޓޭނަރު ކާބޯތަކެތި ހުރިކަންވެސް ވަނީ ފާހަގަކުރެވިފައެވެ.
މިއަދު އޮންލައިން