މިޞުރުގެ އަލްއަހްރާމް ނޫހުގެ އެޑިޓަރުކަން ދިގު މުއްދަތެއްގައި ކުރައްވަވައިފައިވާ މުޙައްމަދު ހައްސަނައިން ހައިކަލް އަވަހާރަވެއްޖެއެވެ.
މިޞުރުގެ ރައީސް ޖަމާލް ޢަބްދުއްނާޞިރުގެ އަރިސް ބޭފުޅުންތެރޭގައި ހިމެނިވަޑައިގަންނަވާ ހައިކަލް އިއްޔެ އަވަހާރަވިއިރު އުމުރުފުޅަކީ 92 އަހަރެވެ.
ހައިކަލް މީޑިއާގައި ފުރަތަމަ އަދާކުރެއްވި ދައުރަކީ އަރަބި ބަހުން ކޮމެންޓޭޓަރެއްގެ ވަޒީފާއެވެ.