އައިސިސް އާއި ދެކޮޅަށް އެއްގަމުން ލަޝްކަރު ފޮނުވާނެ ކަމަށް ސައުދީން ބުނެފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
އައިސިސް އާއި ދެކޮޅަށް އެއްގަމުން ލަޝްކަރު ފޮނުވާނެ ކަމަށް ސައުދީން ބުނެފި
އައިސިސް އާއި ދެކޮޅަށް ހަނގުރާމަކުރުމަށް އެއްގަމުން ލަޝްކަރު ފޮނުވާނެ ކަމަށާއި ޔަމަނުގައި ޤާނުނީ ސަރުކާރަށް ބާރުލިބެންދެން ސައުދީ ސިފައިން ޔަމަނުގައި ހަރަކާތްތެރިވާނެކަމަށް ސައުދިއަރަބިޔާ އިން ބުނެފިއެވެ.

ސައުދީ ޚާރިޖީ ވަޒީރު އަލްޖުބައިރު ވިދާޅުވީ ގުޅިފައިވާ ލަޝްކަރުގެ ތެރެއިން ސީރިޔާއަށް އެއްގަމުމަގުން ސައުދިއަރަބިޔާއިން ލަޝްކަރެއް ފޮނުވަނީ އައިއެސް ބަލިކުރުމަށް ކަމަށެވެ. މިގޮތުން ފޮނުވާ ލަޝްކަރަކުން ބައްޝާރުލް އަސަދުގެ ވެރިކަން ވައްޓައިލަން މަސައްކަތްކުރުމާއިމެދު ގޮތެއް ނިންމާނީ ގުޅިފައިވާ ލަޝްކަރުން ކަމަށްވެސް ބަޝާރުލް އަސަދު ވިދާޅުވިއެވެ.

އަލްޖުބައިރު ވިދާޅުވީ ހޫތީން ބަލިކޮށް ޔަމަނުގައި ޤާނޫނީ ސަރުކާރެއް ޤާއިމުކޮށްގެން ނޫނީ ޔަމަނުގައި ހަމަޖެހުން ޤާއިމު ނުކުރެވޭނެ ކަމަށެވެ.

އަލްޖުބައިރު އިއްޔެވެސް ވިދާޅުވީ އީރާނުގެ ކިބައިގައި އެއްވެސް އިޚްލާޞްތެރިކަމެއް ހުރިނަމަ ރީތި ބަސްތަކުން ވާހަކަދައްކަންވީ ނޫން ކަމަށާއި ކުރަންވީ ކަމަކީ އަމަލުން އިޚްލާޞްތެރިކަން ދައްކައި ސަރަހައްދުގައި ޓެރަރިޒަމްގެ އަމަލުތައް ހިންގަން ވާގިވެރިވުން ހުއްޓައިލުން ކަމަށެވެ.
މިއަދު އޮންލައިން