އަންހެނަކަށް ބިރުދެއްކި މީހަކު 30 އެތިފަހަރުން ތައުޒީރުކޮށް 9 މަސް ދުވަހަށް ޖަލަށް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
އަންހެނަކަށް ބިރުދެއްކި މީހަކު 30 އެތިފަހަރުން ތައުޒީރުކޮށް 9 މަސް ދުވަހަށް ޖަލަށް
އަންހެނެނަކަށް ބިރު ދައްކައި ބްލެކްމެއިލްކުރަން މަސައްކަތްކުރި ފިރިހެނަކު 30 އެތިފަހަރުން ތައުޒީރުކޮށް 9 މަސް ދުވަހަށް ޖަލަށް ލުމަށް ސައުދިއަރބިޔާގެ ކޯޓަކުން ޙުކުމްކޮށްފިއެވެ.

އޭނާގެ މައްޗަށް އެފަދަ ޙުކުމެއް އިއްވީ އޭނާ ކައިވެނި ކުރުމުގެ ކުރިން ރައްޓެހިވެގެން އުޅުނު އަންހެނަކަށް ބިރުދެއްކުމުންނެވެ. އޭނާ ބުނެފައިވަނީ އޭނާ އާއި ބައްދަލުނުކޮށްފި ނަމަ ރައްޓެހިވެގެން އުޅުނު ދުވަސްވަރު ކޮށްފައިވާ މުއާމަލާތުތަކާއި ބަދަލުކޮށްފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ހާމަކުރާނެ ކަމަށެވެ.

މިމައްސަލަ ކުރިމަތިވީ އަންހެން ީހާ ކައިވެނިކުރަންއުޅޭކަން އޭނާއަށް އެނގުމުންނެވެ. ފިރިހެން މީހާގެ ބިރުދެއްކުންތަކަށް ކެތް ނުކުރެވިގެން އަންހެންމީހާ. އޭނާ އެދުނުގޮތަކަށް އެނާގެ އެޕާޓްމަންޓްގައި ބައްދަލުކުރަން އެއްބަސްވިއެވެ. ނަމަވެސް ފޮޓޯތަކާއި ވާހަކަތައް އަންހެން މީހާއަށް ދިނުން ޝަރުޠު ކޮށެވެ.

އެއަށްފަހު އަންހެން މީހާ ހާލާ ޖަމާއަތުގެ އެހީތެރިކަން ހޯދިއެވެ. ފިރިހެން މީހާގެ އެޕާޓްމަންޓުގައި ދެ މީހުން ވާހަކަދައްކަން ފެށިވަގުތު ޙާލާ ޖަމާއަތުން ވަނީ އެތަނަށްވަދެ އޭނާގެ ފޯނު ޗެކުކޮށް ހަޤީޤަތް ބަލައި ފިރިހެން މީހާ ހައްޔަރުކޮށްފައެވެ.

ޙާލާ ޖަމާއަތަކީ މިފަދަ ކަންކަމުގައި ފިޔަވަޅުއަޅައި މީހުން ބަންދުކުރުމުގެ ބާރު ސަރުކާރުން ދީފައިވާ ޖަމާއަތެކެ.

ރާއްޖޭގައިވެސް މިފަދަ ޖަމާއަތެއްގެ ބޭނުންތެރިކަން ވަރަށް ބޮޑުކަން ފާހަގަކުރެވެއެވެ. ސަބަބަކީ މިބާވަތުގެ ކަންކަމުގައި ފުލުހުންނާއި މުޢާމަލާތުކުރަން ގިނަ ބައަކު ބޭނުންނުވުމެވެ.
މިއަދު އޮންލައިން