ޚަބަރެއް ކިޔައިލުމަކުން ނުފުދޭ: ރައީސް ޒީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
ޚަބަރެއް ކިޔައިލުމަކުން ނުފުދޭ: ރައީސް ޒީ
ޚަބަރެއް ކިޔައިލުމުން އެކަނި ނުފުދޭ ކަމަށާއި ސަރުކާރުން ކުރާ ކަންކަމުގެ ޙަބަރުތައް ގެނެސްދޭއިރު އެކަންކަމުގެ ފުރިހަމަ ތަފްސީލިތައް ރައްޔިތުންނަށް ހާމަކޮށްދިނުމަށް ޗައިނާގެ ރައީސް ޒީ ޖިންޕިން މީޑިއާތަކުގެ ކިބައިން އެދިވަޑައިގެންފިއެވެ.

ޗައިނާގެ އެންމެ ބޮޑު 3 މީޑިއާ އާއި މުޚާޠަބުކުރައްވައި ރައީސް ޒީ ވިދާޅުވީ ޗައިނާގެ ސަރުކާރުން ކުރާ ކޮންމެ ކަމެއް ކުރަނީ ވަރަށް ބޮޑަށް ރާވައިގެން ކަމަށާއި އެކަމުން ނެރެވޭނެ ނަތިޖާތަކަށް ބަލައިގެން ކަމަށެވެ. އެހެންކަމުން ކަންކަމާއި ގުޅިގެން ރައްޔިތުންނަށް އެނގެންޖެހޭ މައުލޫމާތު ފުރިހަމައަށް ފޯރުކޮށްދިުމަކީ މީޑިއާތަކުގެ މަސްއޫލިއްޔަތެއް ކަމަށެވެ.

މީޑިއާތަކުން ޚަބަރުތައް ހާމަކުރާއިރު ޤައުމަށް އެންމެ ފައިދާކުރާނެ ގޮތަށް ސަމާލުކަން ދީގެން ޚަބަރުތައް ހާމަކުރުމަށްވެސް ރައީސް ޒީ ވަނީ އެދިވަޑައިގެންފައެވެ.

ޗައިނާ އިން ގެންދަނީ އޭސިއާގެ މީޑިއާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް މަސައްކަތްކުރަމުންނެވެ. އެގޮތުން ގިނަ އަދަދެއްގެ ނޫސްވެރިން ޗައިނާއަށް ގެންގޮސް އެޤައުމުގެ ކަންކަމުގެ މައުލޫމާތު ދަނީ ފޯރުކޮށްދެމުންނެވެ.
މިއަދު އޮންލައިން