104 އަހަރުގެ އަންހެނަކު މޯދީއަށް އިޖާބަދީ ގޭގަ ފާޚާނާ ރާނަން ބަކަރިތަކެއް ވިއްކައިލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
104 އަހަރުގެ އަންހެނަކު މޯދީއަށް އިޖާބަދީ ގޭގަ ފާޚާނާ ރާނަން ބަކަރިތަކެއް ވިއްކައިލައިފި
އިންޑިއާގެ ރަށްފުށުގައި ދިރިއުޅޭ އުމުރުން 104 އަހަރުގެ އަންހެނަކު، ގޭގޭގައި ފާޚާނާ ރޭނުމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ގޮވައިލެއްވި ގޮވައިލެއްވުމަށް އިޖާބަދީ އޭނާގެ ގޭގައި 2 ފާޚާނާ ރޭނުމަށް އޭނާ ގެންގުޅުނު 10 ބަކަރި ވިއްކައިލައިފިއެވެ.

މިކަމާއި ގުޅިގެން ނަރެންދުރަ މޯދީ ވަނީ އޭނާއަށް ތައުރީފް ކުރައްވައި ހިތްވަރު ދެއްވައިފައެވެ.

ނަރެންދުރަ މޯދީ ވިދާޅުވީ އިންޑިއާގެ ތަރައްޤީއަށް އެމަނިކުފާނު ކުރައްވާ މަސައްކަތްތަކަށް ރައްޔިތުން އިޖާބެދޭ މިންވަރު އެމީހާގެ އަމަލުންވެސް އެނގިގެން ހިނގައްޖެ ކަމަށެވެ. "އޭނާއަކީ ޓީވީ ބަލައި ރޭޑިއޯ އަޑުއަހާ އަދި ނޫސް ކިޔާ މީހެއް ވެސް ނޫން. ކޮންމެވެސް މީހަކު މިމަޝްރޫއުގެ ވާހަކަ އޭނާއަށް ކިޔައިދިނީމަ އެކަމަށް ޝައުޤުވެރިވެގެން އޭނާ ފާޚާނާ ރާނަން ނިންމީ. މިއީ ޤައުމީ ފެންވަރުގަ ފާހަގަކުރަންޖެހޭނެ ކަމެއް."

ވީހައި ގިނަ އާންމު ފާޚާނާބަރިތައް ރޭނުމަށާއި ގޭގޭގައި ފާޚާނާ ރޭނުމަށް މޯދީ ގޮވައިލެއްވީ ފާޚާނާ ނެތުމުން ފާޚާނާކުރަން ޖަންގައްޔަށްދާ އަންހެނުން އަތުލައިގަނެ ގަދަކަމުން ޖިންސީ ގުޅުން ހިންގުން ފަދަ ކަންކަން އިނޑިއާގައި އިތުރުވަމުންދާތީ އެފަދަ މައްސަލަތަކުން ސަލާމަތްކުރުމުގެ ގޮތުންނެވެ.

މޯދީގެ ޤައުމީ ކެމްޕޭނަށް އިޖާބަދީ ގިނަ އަވަށްތަކުގައި ގެންދަނީ ފާޚާނާތައް ރާނަމުންނެވެ.
މިއަދު އޮންލައިން