އަހަރުތަކަކަށްފަހު ސިރިޔާ އިން ހިނިތުންވުން ފެނިއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
އަހަރުތަކަކަށްފަހު ސިރިޔާ އިން ހިނިތުންވުން ފެނިއްޖެ
އަހަރުތަކަކަށްފަހު ސިރިޔާގެ މަގުތަކުން ހިނިތުންވުން ފެންނަން ފަށައިފިއެވެ. ހިނިތުންވުން ފެންނަން ފެށީ ރަސިއާއިން ސީރިޔާއަށް ދެމުން ގެންދިއަ ވައިގެ ހަމަލާތައް ހުއްޓައި ބޮން އެޅުން އެކުގައި ހުއްޓައިލުމުންނެވެ. އެއީ ރަސިއާ އެމެރިކާ އިސްވެ އޮވެ ކޮށްފައިވާ މަޝްވަރާތަކަށް އެއްބަސްވުމުގެ ގޮތުން ކަމަށް ރަސިއާ އިން ބުނެއެވެ.

ރަސިއާ އިން ވައިގެ ހަމަލާތައް ދިނުން ހުއްޓައިލީ ސުލްޙައިގެ ވާހަކަތަކަށް މަގުފަހިކުރުމުގެ ގޮތުންނެވެ. މިދިއަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ސީރިޔާގެ ބަޝާރުލް އަސަދަށް ތާއީދު ނުކުރާ ހަނގުރާމަވެރި ގްރޫޕުތަކަށް ރަސިއާއިން އަންނަނީ ވައިގެ ހަމަލާތައް ދެމުންނެވެ.

ބަޝާޜުލް އަސަދަށް ތާއީދުނުކުރާ އިދިކޮޅު ހަނގުރާމަވެރި ގިނަ ގްރޫޕުތަކުން ވަނީ ހަނގުރާމަ ހުއްޓައި މަޝްވަރާ ކުރުމަށް އެއްބަސްވެފައެވެެ.

އދގެ ސަލާމަތީ މަޖިލީހުގައި ހިމެނޭ ބާރު ގަދަ ޤައުމުތަކުން ބުނަމުން ގެންދަނީ ހަނގުރާމަ ހުއްޓުމަށް ތާއީދު ނުކޮށް ހަނގުރާމަކުރާ ޖަމާއަތްތަކަށް ވަރުގަދަ ހަމަލާތައް ދެމުން ގެންދާނެ ކަމަށެވެ. ސީރިޔާގައި ކުރަމުން ގެންދާ ހަނގުރާމަ ނިމުމަކަށް ގެނެސް ސީރިޔާގެ މުސްތަޤްބަލާއިމެދު މަޝްވަރާކޮށްގެން ގޮތެއް ނިންމުމަށް ސަލާމަތީ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

ހުކުރު ދުވަހުގެ ރޭ މެންދަމުން ފެށިގެން ސީރިޔާގައި ވަނީ ހަނގުރާމަތައް މިވަތުތައް ހުއްޓައިފައެވެ. އެހެންކަމުން މިއީ ގިނަ އަހަރުތަކަކަށްފަހު ސިރިޔާގެ ރައްޔިތުންނަށް އަމާން ދުވަހެއްގެ ގޮތުގައި ވަނީ ބެލިފައެވެ.

ރަސިއާ އިން ބުނެފައިވަނީ އައިސިސް އައި އަލްޤައިދާ ފަދަ ޖަމާއަތަކުން ހަނގުރާމަ ފަށައިފިނަމަ ބޮންތައް "އޮއްސަން" ފަށާނެ ކަމަށެވެ. "އަހަރެމެންގެ ބޯޓުތައް މިއަދު އެހެރީ ބަހައްޓާފައި. ބޭނުން ކޮންމެ ވަގުތަކު ހަމަލާތައް ފަށާނަން."

ސިރިޔާގައި މިއަދު އަމާން ދުވަހެއްގެ ގޮތުގައި އޮތް ނަމަވެސް ރޭ ފަތިހުވެސް ސަރުކާރު ސިފައިން ޓޭންކަރުތައް ބޭނުންކޮށްގެން އިދިކޮޅު ހަނގުރާމަވެރިންނަށް ދިން ހަމަލާތަކުގައި އިސް 3 އޮފިސަރަކު ވަނީ މަރުވެފައެވެ. އަދި މިއަދު ހެނދުނު ޖާނުން ފިދާވެގެން ސަރުކާރުގެ އިމާރާތެއްގެ ކައިރީގައި ދިން ހަމލާއެއްގައި އާންމުންގެ 2 މީހަކު ވަނީ މަރުވެފައެވެ. އެހެންކަމުން މިއީ ކިތައް ދުވަހަށް ދިގުލައި އޮންނާނެ ހާލަތެއް ކަމާއިމެދު މިހާރުވެސް ވަނީ ސުވާލު އުފެދިފައެވެ.
މިއަދު އޮންލައިން