އިނގިރޭސި ޝާހީ ޢާއިލާގައި ހިމެނިވަޑައިގަންނަވާ ޕްރިންސް ވިލިއަމްސް އާއި އަނބިކަނބަލުން ކޭޓް، އިންޑިއާގެ ތާޖްމަހަލް އަށް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިއްޖެއެވެ.
ޕްރިންސް ވިލިއަމްސްގެ މަންމާފުޅު، ލޭޑީ ޑައާނާގެ އެންމެ މަޝްހޫރު އެއް ފޮޓޯ ވެފައިވަނީ ތާޖްމަހަލް ކައިރީގައި ނެންގެވި ފޮޓޯއަކަށެވެ.
ދެކަނބަލުން އިންޑިއާއަށް ވަޑައިގަންނަވާނީ އޭޕްރިލް މަހުގެ 10 ވަނަ ދުވަހުއެވެ. އެއީ އެޕްރިލް މަހުގެ 14 ވަނަ ދުވަހުން 16 ވަނަ ދުވަހަށް ބޫޓާނަށް ކުރައްވާ ދަތުރުފުޅެއްގެތެރެއިންނެވެ.
ޕްރިންސް ވިލިއަމްސގެ ދެކަނބަލުން އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މުމްބާއީ އާއި ދިއްލީގެ މުހިންމު ބައެއް ތަންތަނަށް ޒިޔާރަތް ކުރެއްެވެވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން އިންޑިއާގެ ރަށްފުށުގެ ދިރިއުޅުން ތަރައްޤީ ކުރަން ސަރުކާރުން ކުރާ މަސައްކަތާއި ރަށްފުށުގެ ދިރިއުޅުމާއި ޘަޤާފަތް ދެކަނބަލުން ބައްލަވައިލައްވާނެއެވެ.