އިންޑިއާގެ ޕަންޖާބުގައި ގަދަކަމުން ޖިންސީ ގޮނާކުރަމުން ގެންދިއަ 12 އަހަރުގެ އަންހެން ކުއްޖަކު އެކަމުގެ ވާހަކަ އާއިލާ އާއި ޙިއްޞާކުރާނެ ކަމަށް ބުނުން ދިރިހުއްޓައި އަންދައިލައިފިއެވެ.
މިއަމަލު ހިންގައިފައިވަނީ 19 އަހަރުގެ ޒުވާނެކެވެ. އަންހެން ކުއްޖާގެ ގޭގައި ހުއްޓާ ގައަށް ކަރާސީނު ތެޔޮ އެޅުމަށްފަހު އަލިފާން ރޯކޮށްލައިގެން ރޭ އިރާކޮޅުގެ ވަގުތެއްގައެވެ.
ސަރަހައްދުގެ މީހުންނަށް އަންހެން ކުއްޖާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދެވުނުއިރު ފުރާނަ ހުއްޓެވެ. ނަމަވެސް 85 އިންސައްތަ ވަނީ ފިހިފައެވެ. އެކުއްޖާގެ ދުލުން ބޭރުވީ ހަމައެކަނި ޒުވާނާގެ ނަމެވެ. "ސުނިލް"
ހިސާބުގަނޑު މީހުންނަށް އޭނާ ދެނެގަންނާކަށް އުނދަނގުލެއް ނުވިއެވެ. އެހެންކަމުން ފުލުހުން ކުރި މަސައްކަތުންނާއި ޕޯސްޓްމޯޓޮމް ރިޕޯޓުން އެނގުނީ މިއަމަލު ސުނިލް ހިންގާފައިވާ ކަމާއި ފާއިތުވި ،8 10 ދުވަހު ގަދަކަމުން ޖިންސީ ގޯނާ ކޮށްފައިވާ ކަމެވެ.
ފުލުހުން ދަނީ ސުނިލް ހޯދަމުންނެވެ. ސުނިލް ފެންނަންދެން ސުނިލްގެ ކޮއްކޮ އައި ބޭބެ އަދި ބައްޕަ ވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައެވެ.
ސުނިލް ނުފެނުނު ކަމަށް ބުނެ ފުލުހުން މައްސަލަ އޮއްބައިލަން މަސައްކަތްކުރުމުން މައްސަލަ މިހިސާބަށް ގެންދެވުނީ ޢަންހެންކުއްޖާގެ ޢާއިލާ އިން އަންހެން ކުއްޖާގެ ހަށިގަނޑު މައި މަގަށް ނެރެ ޓްރެފިކް ބަންދުކޮށް "ފިޔަވަޅު އެޅުމުން ނޫނީ" ހަށިގަނޑު ނުގެންދާނެ ކަމަށް ބުނެ މަގު ބަންދުކޮށްލުމުންނެވެ.