ޤައުމު ބޭނުންވާ ބަދަލުތައް ޤައުމަށް ގެނެސް ނުދެވޭނަމަ ޤައުމުގައި ވެރިކަމެއް އޮތުމުގެ ބޭނުމެއް ނެތް ކަމަށް ދުބާއީގެ ރޫލަރ، ޝައިޚް މުޙައްމަދު ބިިން ރާޝިދު އަލްމަޚްތޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިމޭރުމުން ވިދާޅުވީ ދާދިފަހުން ދުބާއީގެ ސަރުކާރަށް އެމަނިކުފާނު ގެންނެވި ބަދަލުތަކާއި ގުޅިގެން ރައްޔިތުން އުފައްދައިފައިވާ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ޝައިޚް މުޙައްމަދު ބިިން ރާޝިދު އަލްމަޚްތޫމް ވިދާޅުވީ ދުބާއީ އަކީ ޒުވާނުންގެ ނިޞްބަތް ގިނަ ޤައުމެއް ކަމަށެވެ. އަދި އަބަދުވެސް ޤައުމު ކުރިއަރައި ދާނީ ޒުވާނުންގެ ބައިވެރިވުމާއި ތަރްޙީބު ލިބިގެން ކަމަށެވެ. "އެހެންވެ އަހަރެން އުމުރުން 22 އަަހަރުގެ ޒުވާނަކު ވަޒީރުންގެ ތެރޭގައި ހަަމަޖެއްސީ. އުފާވެރިކަމަށާއި ކެތްތެރިކަމަށާއި މުސްތަޤްބަލަށް ޚާއްޞަކޮށްގެން މިނިސްޓްރީއެއް އުފެއްދީ."
ޝައިޚް މުޙައްމަދު ބިިން ރާޝިދު އަލްމަޚްތޫމް ވިދާޅުވީ އެންމެ ކުރީ ޒަމާނަށް ބެލި ނަމަވެސް ޤައުމުތައް ކުރިއަރައި ދިއައީ ޒުވާނުންގެ މުހިންމުކަން ފާހަގަކޮށް ޒުވާނުން ކުރިއަރުވަން މަސައްކަތް ކުރުމުން ކަމަށެވެ. މުޖުތަމައުއަށް އަންނަ ބަދަލުތައް ފާހަގަކޮށް އެބަދަލުތަކާއި އެއްގޮތަށް ކުރިއަށް ދިއުމަށް މަސައްކަތް ކުރުމުން ކަމަށެވެ.
ޝައިޚް މުޙައްމަދު ބިިން ރާޝިދު އަލްމަޚްތޫމް ވިދާޅުވީ ތަރައްޤީގެ ގޮތުން ދުނިޔެ ދަނީ ވަރަށް ބާރަށް ކުރިއަރަމުން ކަމަށެވެ. އެހެންކަމުން އެދުވެލީގައި ދުބާއީއަށް ފައިތިލަ ސާބިތުކުރެވޭނީ ހަމަ އެއް ގިއަރެއްގައި ނުވަތަ އެއަށްވުރެ ބާރަށް ކުރިއަށް ދިއުމަށް މަސައްކަތްކޮށްގެން ކަމަށެވެ.
ޔޫއޭއީގެ ވައިސް ޕްރެޒިޑެންޓް އަދި ޕްރައިމް މިނިސްޓަރަކީ ވެސް ޝައިޚް މުޙައްމަދު ބިިން ރާޝިދު އަލްމަޚްތޫމް އެވެ.