އިންޑިއާގެ ތާނޭގަ މީހަކު އޭނާގެ އާއިލާގެ 14 މީހުން އެކުގައި ކަތިލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
އިންޑިއާގެ ތާނޭގަ މީހަކު އޭނާގެ އާއިލާގެ 14 މީހުން އެކުގައި ކަތިލައިފި
އިންޑިއާގެ ތާނޭގައި މީހަކު އޭނާގެ އާއިލާގެ 14 މެންބަރުން އެކުގައި ކަތިލައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުން އާއިލާގެ އެންމެން އޭނާ ދިރިއުޅޭ ގެއަށް ގެންދިއައީ ކެއުމަކަށް ދައުވަތުދީގެންނެވެ. އެންމެން ކަތިލައިލީ ކެއުމަށް އެއްޗެއް އަޅައި ކާންދީގެން އެންމެން ގަދައަށް ނިންދަވައިލުމަށްފަހުއެވެ.

މަރައިލި މީހުންގެ ތެރޭގައި އޭނާގެ ބައްޕަ އާއި ކޮއްކޮމެންނާއި ދައްތަމެންނާއި އެމީހުންގެ ތުއްތު ދަރިންވެސް ހިމެނެއެވެ.

މިކަމުގެ ތުހުމަތެއް ކުރެވުނީ މަރުނުވެ އޮތް ހަމައެކަނި ކޮއްކޮގެ ކަރުން ނުކުންނަމުން ދިއަ އަޑެއްގެ ސަބަބުން ހެނދުނު އެހިސާބުގައި ދިރިއުޅޭ މީހުންނަށެވެ. އެމީހުން ދިއައިރު ގެހުރީ ވަރަށް ރަނގަޅަށް ތަޅުލައިފައެވެ.

އެންމެން މެރުމަށްފަހު އޭނާ ވެސް ވަނީ އަމިއްލައަށް މަރުވެފައެވެ. އެންމެން މަރަން ބޭނުންކުރި ވަޅި ވަނީ އޭނާގެ ކައިރިން ފެނިފައެވެ.

މަރުނުވެ އޮތް ހަމައެކަނި ކުއްޖާ އަދި ވެސް ހޭނުއަރައި އައިސީސީޔޫގައި އޮތުމުން މިކަމުގެ އެއްވެސް އިތުރު ތަފްޞީީލެއް ލިބޭ ގޮތް އަދިވަނީ ނުވެފައެވެ.

ބުނެވޭ ގޮތުން މިއަމަލު ހިންގީ ހަސްނިން ވަރެކާ ކިޔާ މީހެކެވެ. އެނާ އަކީ ކުރިން އެކައުންޓެންޓެއްގެ ވަޒީފާ އަދާކޮށްފައިވާ މީހެކެވެ.
މިއަދު އޮންލައިން