ބަޝާރުލް އަސަދާ ރަސިއާ ފެއިލްވެއްޖެނަމަ އަމަލުކުރާނީ ޕްލޭން ބީ އަށް: ސައުދިއަރަބިޔާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ބަޝާރުލް އަސަދާ ރަސިއާ ފެއިލްވެއްޖެނަމަ އަމަލުކުރާނީ ޕްލޭން ބީ އަށް: ސައުދިއަރަބިޔާ
ސިރިޔާގައި ކުރަމުން ގެންދާ ހަނގުރާމަތަކަށް ނިމުމެއް ގެނައުމަށް ކުރެވެމުންދާ މަސައްކަތްތަކުގައި ސީރިޔާގެ ރައީސް ބަޝާރުލްއަސަދާއި ރަސިއާ އިން ފެއިލްވެއްޖެ ނަމަ އަމަލުކުރާނީ ޕްލޭން ބީ އަށް ކަމަށް ސައުދީ ޚާރިޖީ ވަޒީރު ޢާދިލް އަލްޖުބައިރު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިމެރުމުން ވިދާޅުވީ ދުބާއީގައި މިއަދު ނޫސްވެރިނަށް މައުލޫމާތު ދެއްވަމުންނެވެ.

ޢާދިލް ވިދާޅުވީ ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހުވެސް ސީރިޔާގެ ސަރުކާރުގެ ސިފައިން ހަމަލާތައް ދީފައިވާ ކަމަށާއި އަދި ރަސިއާ ސިފައިން ބޮން އަޅައިފައިވާ ކަމަށެވެ. އެހެންކަމުން މިހާރުވެސް ބަޝާރުލް އަސަދާއި ރަސިއާ އެވަނީ ފެއިލްވެފައި ކަމަށެވެ.

ޢާދިލް ވިދާޅުވީ ހަނގުރާމަ ވަގުތީ ގޮތުން ހުއްޓައިލުމަށް މިހާރު ވެފައިވާ އެއްބަސްވުމުގެދަށުން ސީރިޔާގައި ވެރިކަން ކުރާނެ ވަގުތީ ކައުންސިލެއް ޤާއިމު ކުރެވެންޖެހޭނެ ކަމަށާއި ބަޝާރުލް އަސަދަށް މިހާރު އޮތް ހަމައެކަނި ދައުރަކީ ޞުލްހެވެރިކަމާއިއެކު އެ ކައުންސިލާއި ވެރިކަން ހަވާލުކުރުން ކަމަށެވެ. ވެރިކަމުގައި ދެމިހުރުމުގެ ފުރުޞަތު އިތުރަށް ދެވެން ދެން ނެތް ކަމަށެވެ.
މިއަދު އޮންލައިން