ޤްރްއާނާއި އެއްގޮތަށް ޙުކުމް ކުރީމާ ކަންބޮޑުވާ ބައަކު ތިބެގެން ނުވާނެ: ސަޢުދީ ޚާރިޖީ ވަޒީރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ޤްރްއާނާއި އެއްގޮތަށް ޙުކުމް ކުރީމާ ކަންބޮޑުވާ ބައަކު ތިބެގެން ނުވާނެ: ސަޢުދީ ޚާރިޖީ ވަޒީރު
ކީރިތި ޤްރްއާނާއި އެއްގޮތަށް ޙުކުމްކޮށް ތަންފީޒުކުރުމުން ކަންބޮޑުވާންޖެހޭ ބައަކު ތިބެގެން ނުވާނެ ކަމަށް ސައުދީ ޚާރިޖީ ވަޒީރު ޢާދިލް އަލްޖުބައިރު ވިދާޅުވެއްޖެއެވެ.

ރިޔާޛްގައި ޑެންމާކުގެ ޚާރިޖީ ވަޒީރު ކްރިސްޓިއަން ޖެންސެން އާއިއެކު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ޢާދިލް ވިދާޅުވީ ސައުދިއަރަބިޔާގެ ޤާނޫނަކީ ކީރިތި ޤްރްއާން ކަމަށްވުމުން ކީރިތި ޤްރްއާނުގައި ﷲ ބަޔާންކުރައްވަވައިފައިވާ ގޮތަށް ޝަރީއަތްކޮށް ޙުކުމް ކުރުމުން އެކަމަށް ފާދުކިޔޭނެ ބައަކު ނުތިބޭނެ ކަމަށެވެ.

ޢާދިލް ފާހަގަކުރެއްވެވީ ކީރިތި ޤްރްއާން ބާވައިލެއްވެވީ ﷲ ކަމާއި ﷲގެ ނިންމެވުންތައް ބަދަލުކުރެވޭނެ ފަރާތެއް ނުވާނެކަމެވެ. އެންމެ މަތިވެރީ ﷲ ކަމެވެ. ﷲ އުފެއްދެވި މަޚްލޫޤުންނަކީ ﷲގެ ނިންމެވުންތައް ބަދަލުކުރެވޭނެ ބައެއް ނޫންކަމެވެ.

ޢާދިލް ވިދާޅުވީ ސައުދި އަރަބިޔާގެ ޝަރުޢީ ނިޒާމަކީ ވަރަށް ބޮޑަށް ހުޅުވައިލެވިފައިވާ، ވަރަށް ހާމަކަންބޮޑު ނިޒާމެއްކަމަށެވެ. ޝަރީއަތްތައް ކުރެވޭ ގޮތް ބަލައި ކަންކަން ކުރަނީ އިންސާފުންކަން ބެލުމުގެ އިޚްތިޔާރު މުޅި ދުނިޔެއަށް ވަނީ ހުޅުވައިލެވިފައި ކަމަށެވެ. ނަމަވެސް ސައުދިއަރަބިޔާގައި އަމަލުކުރާނީ ސައުދިއަރަބިޔާގެ ޤާނޫނު އަސާސީއަށް ކަމަށާއި އެކަމާއި ބެހެވޭނެ ބައަކު ނުއުޅޭނެ ކަމަށެވެ.

ޢާދިލް ވިދާޅުވީ ސައުދި އަރަބިޔާއިން ދޫނުކުރާނެ ދެކަމެއް އޮންނާނެ ކަމަށެވެ. "އަހަރެމެން ދދެކަމެއް ޤްރްބާނެއް ނުކުރާނަން. އެއީ އީމާންކަމާއި ޤައުމުގެ ސަލާމަތާއި ރައްކައުތެރިކަން. މިއީ ޔަޤީންކަންކަން."

ޑެންމާކުގެ ޚާރިޖީ ވަޒީރާއިއެކު ޢާދިލް ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުންވެސް ވަނީ ބަޝާރުލްއަސަދުގެ ވެރިކަން ނިމުމަކަށް ގެންނަން ޖެހޭ ކަމާއި އައިއެސް ނައްތައިލަންޖެހޭކަމަށް މަޝްވަރާކުރައްވައި އެކަންކަމަށް މަސައްކަތް ކުރެއްވުމަށް އެއްބސްވެވަދައިގެންފައެވެ.
މިއަދު އޮންލައިން