އަފްޣާނިސްތާނުގައި ހުރި އިންޑިއާ ކޮންސުލޭޓަކަށް ދިން ހަމަލާއެއްގަ 2 މީހުން މަރުވެ 19 މީހުން ޒަޚަމް ވެއްޖެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން މިއަދު މިހަމަލާ ދީފައިވަނީ އަފްޣާނިސްތާނުގެ އިރުމަތީ އަވަށެއްކަމަށްވާ ޖަލާލް އާބާދުގައި ހުރި އިންޑިއާ ކޮންސިޔުލޭޓެއް ކައިރީގައި ކާރު ބޮމެއް ގޮއްވައިލައިގެންނެވެ.
މި ޙަމަލާ ދިނުމުގައި ބައިވެރިވި އެންމެން ވަނީ މަރުވެފައެވެ.
ކާބުލްގައި ހުރި އިންޑިއާގެ ހައިކޮމިޝަނުން ބުނެފައިވަނީ މިހަމަލާގައި ކޮންސިޔުލޭޓްގެ އެއްވެސް މުވައްޒިފަކަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.
ޖަނަވަރީ މަހު ވަނީ ޕާކިސްތާނުގެ ކޮންސިޔުލޭޓެއް ކައިރީގައިވެސް މިފަދަ ހަމަލާއެއް ދީފައެވެ. އެ ހަމަލާގައި އެކަކު ވަނީ މަރުވެފައެވެ.