ހަރުކަށި ސިޔާސަތުތަކަށް ހަރަމްފުޅު ސަރަހައްދުގަ ޖާގައެއް ނުދޭނަން: ޢަބްދުއްރަޙްމާން އަލްސުދައިސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ހަރުކަށި ސިޔާސަތުތަކަށް ހަރަމްފުޅު ސަރަހައްދުގަ ޖާގައެއް ނުދޭނަން: ޢަބްދުއްރަޙްމާން އަލްސުދައިސް
ހަރުކަށި ސިޔާސަތުތަކަށް ތަޤްރީރުކުރުމަށާއި އެފަދަ އެނޫންވެސް ކަމަކަށް ޙަރަމްފުޅުގެ ސަރަހައްދުގައި ޖާގަ ނުދެއްވާނެ ކަމަށް ހަރަމްފުޅުގެ ކަންކަމާއި ރިޔާސީ ގަނޑުވަރުން ހަވާލުކުރައްވައިފައިވާ "ޕްރެޒިޑެންސީ އޮފް ދަ ހޯލީ މޮސްކްސް"، ފަޟީލަތުއްޝައިޚް އަބްދުއްރަޙްމާން އަލްސުދައިސް ވިދާޅުވެއްޖެއެވެ.

އަބްދުއްރަޙްމާން އަލްސުދައިސް މިމޭރުމުން ވިދާޅުވީ ސަލާމަތާއި ރައްކައުތެރިކަމާއިބެހޭ ގޮތުން ސައުދީ ޙޯމް މިނިސްޓްރީން އިންތިޒާމުކޮށްގެން ބޭއްވި ބައްދަލުކުރެއްވުމެއްގައެވެ.

އަބްދުއްރަޙްމާން އަލްސުދައިސް ވިދާޅުވީ ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް ބޭނުންފުޅުވެވަޑައިގަންނަވަނީ ހަރަމްފުޅުގެ ސަރަހައްދުގައި ދެވޭ ދަރުސްތަކާއި ތަޤްރީރުތަކަކީ ހަރުކަށި ސިޔާސަތުތަކަށް ވާގިވެރިވެ ހިތްވަރުދޭ ކަންކަމަށް ނުވުމަށް ކަމަށެވެ.

އަބްދުއްރަޙްމާން އަލްސުދައިސް ވިދާޅުވީ ސައުދީގެ ދީނީ އިލްމުވެރިންގެ ހޭލުންތެރިކަން މިކަމަށް އިތުރުވެފައިވާ ކަމަށާއި ދީނީ އިލްމުވެރިންގެ ފުރިހަމަ އެއްބާރުލެއްވުން ލިބިވަޑައިގަންނަވާ ކަމަށެވެ.

ޒުވާން ޖީލަށް އިސްލާމް ދީނުގެ ހަޤީޤަތް އުނގަންނައިދީ ހޭލުންތެރި ކުރުވުމުގެ ޒިންމާ، ފުރިހަމައަށް އަދާކުރުމުގެ މުހިންމުކަން އަބްދުއްރަޙްމާން އަލްސުދައިސް ވަނީ ފާހަގަ ކުރައްވައިފައެވެ.
މިއަދު އޮންލައިން