ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ބޭއްވި ވަން ޑޭ ކަޕްގެ ޗެމްޕިއަންކަން ޓީމް އީ ހޯދައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ބޭއްވި ވަން ޑޭ ކަޕްގެ ޗެމްޕިއަންކަން ޓީމް އީ ހޯދައިފި
ޏ.ފުވައްމުލަކު ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް ކުޅިވަރުގެ ރޫހު ދިރުވައި އާލާކުރުމަށް ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން އިންތިޒާމްކޮށްގެން ބޭއްވި ވަންޑޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ޓީމް އީ ހޯދައިފިއެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ޓީމް އީ ހޯދާފައިވަނީ މި މާރިޗް މަހުގެ 05 ވަނަ ދުވަހު ކުޅުނު ފައިނަލް މެޗުގައި ޓީމް ޑީ އާއި ވާދަކޮށް 1-0 ން މެޗު ކާމިޔާބުކޮށްގެންކަމަށާއި މި މުބާރާތް ނިމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ޗެމްޕިއަން ޓީމަށް ޓްރޮފީއާއި ސެޓްފިކެޓް ހަވާލުކޮށްދެއްވީ ފެމެލީ އެންޑް ޗައިލްޑް ޕްރެޓެކްޝަން ޑިޕާޓްމަންޓްގެ ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ބަޝީރްއެވެ.

ފުވައްމުލަކު ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ މުވައްޒަފުން ޓީމްތަކަށް ބަހާލައިގެން ކުޅުނު މި މުބާރާތުގައި ޖުމްލަ 6 ޓީމަކުން ބައިވެރިވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ލީގު އުސޫލުން ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ 02 ޓީމް ފައިނަލަށްދާގޮތަށް ކަމަށާއި މި މުބާރާތް ނިމުމުގެ ގޮތުން ބޭއްވި މި ރަސްމިއްޔާތުގައި ފެމެލީ އެންޑް ޗައިލްޑް ޕްރެޓެކްޝަން ޑިޕާޓްމަންޓްގެ ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ބަޝީރްގެ އިތުރުން ޏ.އަތޮޅު ކޮމާންޑަރ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު އަބްދުލް ރަހްމާންވެސް ބައިވެރިވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މިއަދު އޮންލައިން