މ. ރަތްމަންދޫ ކައުންސިލާއި މ. ދިއްގަރު ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން އެރަށުގެ ޒުވާނުންނަށް އަމާޒުކޮށްގެން ވޮލީ ކޯޗިންގ ކޭމްޕެއް ފަށައިފިއެވެ.
މި މާރިޗު މަހުގެ 7 ވަނަ ދުވަހުން ފެށިގެން 3 ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދާ މި ވޮލީ ކޯޗިންގ ކޭމްޕުގައި 15 ޒުވާނަކު ބައިވެރިވެފައިވާ ކަމަށާއި ރަތްމަންދޫ ވޮލީ ކޯޓުގައި ކުރިއަށްދާ މި ވޮލީ ކޯޗިންގ ކޭމްޕުގައި ކުޅިވަރުގެ އަހުލާޤާއި ވޮލީގެ ޤަވާއިދުތަކާއި ވޮލީގެ ހުނަރުތައް ދަސްކޮށްދެވޭނެކަމަށް ފުލުހުން ބުނެއެވެ.
އަދި ކޯޗިންގ ކޭމްޕުގެ ބައިވެރިންނަށް ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން އެކުވެރިކަމުގެ މެޗުތަކެއްވެސް ކުޅުމަށް ވަނީ ހަމަޖެހިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
މި ކޯޗިންގ ކޭމްޕުގައި ކޯޗުންގެ ގޮތުގައި ހަރަކާތްތެރިވަނީ ޕޮލިސް ކުލަބުގެ ވޮލީ ކޯޗުންގެ ތެރެއިން ތަޖުރިބާ ލިބިފައިވާ ޤާބިލް ދެ ކޯޗުން ކަމަށް ފުލުހުންބުނެއެވެ.