''ވާނެ ކެމްޕޭން" ފެށުމަށް ފުޓްބޯޅަ މެޗެއް ކުޅެފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 36ސ
''ވާނެ ކެމްޕޭން" ފެށުމަށް ފުޓްބޯޅަ މެޗެއް ކުޅެފި
"ވާނެ ކެމްޕޭން"ގެ ނަމުގައި ދެ ޖިންސަށް ފުރުޞަތުތައް ހަމަހަމަކަމާއިއެކު ލިބިދިނުމަށް ހޭލުންތެރިކުރުވުމުގެ ގޮތުން ފުޓްބޯޅަ މެޗެއް ކުޅެފިއެވެ.

އެޗްއާރުސީއެމުން ބުނީ ދެ ޖިންސުގެ މެދުގައި ހަމަހަމަކަން ޤާއިމު ނުކުރެވޭނެ ކަމަށާއި ނަމަވެސް ލިބެންޖެހޭ ޙައްޤުތަކާއި ފުރުޞަތުތަކުގައި ހަމަހަމަ ކުރެވިދާނެ ކަމަށެވެ.

އެޗްއާރުސީއެމުން ބުނީ މިމަޤްޞަދު ޙާޞިލުކުރެވޭނީ ތުއްތު އިރުންސުރެ މިކަމަށް މަސައްކަތްކޮށްގެން ކަަމަށްވާތީ މިއަހަރު 5 ސްކޫލެއްގައި މި ކެމްޕޭނު ކުރިއަށް ގެންދާނެ ކަމަށެވެ.

ހެންވޭރު ދަނޑުގައި މިއަދު ކުޅުނު މެޗް ކުޅުނީ ދެޖިންސުގެ ދަރިވަރުންނެވެ.

އެޗްއާރުސީއެމުން ފެށި "ވާނެ ކެމްޕޭން" ރަސްމީގޮތުން ފަށްޓަވައިދެއްވީ އެކޮމިޝަނުގެ ރައީސާ އީނާސްއެވެ.
މިއަދު އޮންލައިން