ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އިން ގިނަ ބާވަތްތަކުގެ މަސް ހިިފުމާއި ބޭނުން ވަގުތީ ގޮތުން މަނާކުރުމުން މަހުގެ އަގުތައް އިންތިހާއަށް އަރައިފިއެވެ.
ޔުއޭއީ އިން ވަނީ މާރޗް މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެޕްރިލް މަހުގެ ނިޔަލަށް ގިނަ ބާވަތްތަކެއްގެ މަސް ބޭނުމާއި ހިފުން މަނާކޮށްފައެވެ. އަދި މަނަކުރި ބާވަތްތައް ބާނާ ނޫނީ ހިފާތޯ ބަލަން ގެންދަނީ މާރުކޭޓުތައް ޗެކުކުރަމުންނެވެ.
މިއީ މިހައިތަނަށް ޔޭއޭއީގައި މިފަދަ ކަމެއް ކުރި ފުރަތަމަ ަފަހަރެވެ. ސަރުކާރުން ބުނީ މިފަދަ ކަމެއް ކުރަންޖެހުނީ މަސްތައް ހެދި ބޮޑުވުމަށް ފުރުޞަތު ދިނުމަށްޓަކައި ކަމަށެވެ.
ދައު އަޅައިގެން މަސް ހިފުމަކީ މަސްވެރިކަމަށް އެންމެ ގެއްލުންހުރި އެއް ގޮތެވެ. ދަލުގައި ވަރަށް ކުދިމަސްތައްވެސް ޖެހޭތީ ބޮދުވުމުގެ ފުރުޞަތު މަހަށް ނުލިބޭތީއެވެ.
މިފަދަ ފުރުޞަތުތަކުގެ ބޭނުންހިފައި އެހެން ޤައުމުތަކުން އެޤައުމުތަކުގެ އެކްސްޕޯޓް އިތުރުކުރަން ގަދައަޅައި މަސައްކަތްކުރާކަން ފާހަގަކުރެވެއެވެ.