ސައުދިއަރަބިޔާގައި ތިބި ފިލިޕިންސްގެ 16 މީހަކު އިސްލާމް ދީން އިޚްތިޔާރުކޮށް އިސްލާމް ވެއްޖެއެވެ.
16 މީހުންގެ ތެރެއިން 10 މީހުންނަކީ ކޮންޓްރެކްޓިންގ ކުންފުނިތަކުގެ މަސައްކަތްކުރާ މުވައްޒިފުންނެވެ. 6 މީހުންނަކީ އެކިއެކި ކުށްކޮށްގެން ޖިއްދާ ޑިޓެންޝަން ސެންޓަރުުގައި ބަންދުކޮށްފައި ތިބި މީހުންނެވެ.
ޑިޓެންޝަން ސެންޓަރުގައި ތިބި 6 މީހުން އިސްލާމް ދީން އިޚްތިޔާރުކުރީ ﷲގެ މަގަށް ގޮވާލައި އިސްލާމް ދީނުގެ ޞައްޙަ ަމައުލޫމާތު ފަތުރަން މަސައްކަތްކުރުމަށް ޑިޓެންޝަން ސެންޓަރުގައި ޤާއިމުކޮށްފައިވާ "ކޯލް އެންޑް ގައިޑޭންސް ސެންޓަރ" އިން ޑިޓެންޝަން ސެންޓަރާއި ގުޅިގެން ކުރަމުން ގެންދާ މަސައްކަތުންނެވެ.
އަމިއްލަ އިޚްތިޔާރުގައި އިސްލާމް ދީން އިޚްތިޔާރުކުރާ ފަރާތްތަކަށް ސައުދީގެ އެކި ޖަމާއަތްތަކުން ގެންދަނީ އެމީހުންނަށް ހިތްވަރުދިނުމުގެ ގޮތުން ބޮޑެތި އެހީތައް ވަމުންނެވެ.