އަރަބި ލީގްގެ ސެކެޓްރީ ޖެނެރަލްކަމަށް އަހްމަދު އަބައުުލް ޣައިތް ހޮވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
އަރަބި ލީގްގެ ސެކެޓްރީ ޖެނެރަލްކަމަށް އަހްމަދު އަބައުުލް ޣައިތް ހޮވައިފި
ޢަރަބި ލީގުގެ ސެޓްރީ ޖެނެރަލް ކަމުގެ މަޤާމަށް އަހްމަދު އަބައުުލް ޣައިތް ހޮވައިފިއެވެ. އެމަނިކުފާނު ސެކެޓްރީ ޖެނެރަލްގެ މަޤާމާއި ރަސްމީ ގޮތުން ހަވާލުވެވަޑައިގަންނަވާނީ މިއަހަރުގެ ޖުލައި މަހުގެ 1 ވަނަ ދުވަހުއެވެ.

އަހްމަދު އަބައުުލް ޣައިތް އަކީ މިޞްރުގެ ކުރީގެ ރައީސް ޙުސްނީ މުބާރިކް ވެރިކަމުގައި އެންމެފަހުން ހުންނެވި ޚާރިޖީ ވަޒީރެވެ. ފޮރިން މިނިސްޓަރުކަމުގެ މަޤާމު ގެއްލިވަޑައިގަތީ 2011 ވަނަ އަހަރު ޙުސްނީ މުބާރިކުގެ ވެރިކަން ބަދަލުވުމުންނެވެ.

އަރަބި ލީގުގެ ސެކެޓްރީ ޖެނެރަލުގެ މަޤާމަށް އަހްމަދު އަބައުުލް ޣައިތް ހޮވާފައިވަނީ ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމެއްގައެވެ.

އަރަބި ލީގުން ގެންދަނީ އެ ޖަމިއްޔާގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ގަލްފް ކޯޕޮރޭޝަންގައި ހިމެނޭ ޤައުމުތަކުން ހިޒްބުﷲ ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅައިފައިވާއިރު ހުކުރު ދުވަހު ބޭއްވި އަރަބި ލީގުގެ ޚާރިޖީ ވަޒިރުންގެ ބައްދަލުވުމުގައިވެސް ވަނީ ހިޒްބުﷲ އަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅައިފައެވެ.
މިއަދު އޮންލައިން