އައިއެސްގެ ހަނގުރާމަވެރިން ކެމިކަލް ހަތިޔާރުން ދިން ހަމަލާތަކެއްގައި 3 އަހަރުގެ ކުޑަކުއްޖަކު މަރުވެ 600 މީހުން ޒަޚަމްވެއްޖެއެވެ.
އިރާޤުން ބުނެފައިވަނީ މިހަމަލާތައް ދީފައިވަނީ މިއަދުގެ ވަރަށް ހެނދުނާ ތާޒާ ނަމަކަށް ކިޔާ އަވަށަކަށް ކަމަށެވެ. އަދި ހަަމަލާތައް ދީފައިވަނީ ރޮކެޓުން ކަަމަށެވެ.
ހޮސްޕިޓަލުގެ ނަރުހަކާ ހަވާލާދީ އަރަބި ނިޔުސްގައި ބުނެފައިވަނީ ހަމަލާގައި އަނިޔާ ލިބުނު މީހުންގެ ހަށިގަނޑުގެ އެކިތަންތަން ފިހިފައިވާ ކަމަށާއި އަދި ނޭވާލުމަށް އުނދަގޫވެ ނޭވާ ހާސްވުމާއި ފެންމަދުވުމުގެ މައްސަލަތައް ކުރިމަތިވެފައިވާ ކަމަށެވެ. ހާލު ބޮޑު 8 މީހަކަށް އިތުރު ފަރުވާ ދިނުމަށް ބަޣްދާދަށް ގެންދެވިފައިވާ ކަމަށެވެ.
އެެމެރިކާއިން ބުނެފައިވަނީ މިދިއަ މަހު އެމެރިކާގެ ސްޕެޝަލް ފޯސަސް އިން ހިންގި އޮޕަރޭޝަނެއްގައި އައިއެސްގެ ކެމިކަލް ހަތިޔާރު އުފައްދާ ޔުނިޓުގެ ވެރިޔާ އުތުރު އިރާޤުން އަތުލައިގަނެފައިވާ ކަމަށެވެ.