ލަންކާގެ ގޭންގުތަކުން 6 މީހުން މަރާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ލަންކާގެ ގޭންގުތަކުން 6 މީހުން މަރާލައިފި
އަވަށްޓެރި ސްރީލަންކާގައި ގޭންގުތަކުން ކުރިއަށް ގެންދާ ހަމަނުޖެހުންތަކުގައި 6 މީހަކު ހުކުރު ދުވަހު މަރާލައިފިއެވެ.

ފުލުހުން ބުނީ ކޮޅުބުގެ ބޭރު ސަރަހައްދުގައި އޮތް ވޭނެއްގެ ތެރެއިން އަންދައިލައިފައިވާ 5 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށާއި އަނދައިފައިވާވަރުން އެއީ ކޮންބައެއްކަންވެސް ވަކިކުރަން ނުއެނގޭ ކަމަށެވެ.

ފުލުހުން ބުނީ މިއީ ބަދަލު ހިފުމުގެ ހާދިސާއެއް ކަމަށް ޤަބޫލުކުރެވޭ ކަމަށާއި ނަމަވެސް އިތުރު މައުލޫމާތެއް އަދި ނެތް ކަމަށެވެ.

މީގެ އިތުރުން ބަޑި ހިފައިގެން ގެއަކަށް ވަދެ އަންހެނަކު މަރާލައި އެނާގެ ފިރިމީހާ ވަނީ ޒަޚަމްކޮށްލައިފައެވެ.

ފުލުހުން ބުނެފައިވަނީ މި ދެ ހާދިސާ އާއި ގުޅިގެން އަދި މިހައިތަނަށް އެއްވެސް މީހަކު ހައްޔަރުކުރެވިފައި ނުވާކަމަށެވެ.

ގޭންގުތަކުގެ މެދުގައި ކުރިއަށް ގެންދާ ހަމަލާ ބަދަލުކުރުންތަކުގެ ސަބަބުން ފުލުހުން ގެންދަނީ މަގުތައް ބެލެހެއްޓުމަށް ޚާއްޞަ ސަމާލުކަމެއް ދެމުންނެވެ. ސްރީލަންކާގައިވެސް އެންމެ ބޮޑެތި މައްސަލަތައް އުފެދެމުން އަންނަނީ ޑްރަގުގެ މައްސަލައިގައިކަމަށް ބެލެވެއެވެ.
މިއަދު އޮންލައިން