އެންމެ ބޮޑު އަދި އެންމެ ދުވަސްވީ އިސްލާމިކް ޔުނިވަރސީޓީ ކަމަށްވާ އަލްއަޒްހަރު ޔުނިވަރސިޓީ ހުރި މިޞުރުގައި ޙިޖާބަ އެޅުން މަނާކުރާ ޤާނޫނެއް ފާސްކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އެބިލުގައި ޑްރާފްޓްކޮށްފައިވަނީ ޢާންމު ތަންތަނުގައާއި ސަރުކާރުގެ އޮފީސްތަކުގައި ހިޖާބަ އަޅައި ނިވާވެގެން އުޅުމަކީ މަނާ ކަމެއް ކަމަށެވެ.
މިބިލަށް ތާއީދުކުރާ ، މިޞުރުގެ ޕާލަމްންޓުގެ އަންހެން މެންބަރެއް ކަމަށްވާ އަސްމާ ނުސައިރު ބުނެފައިވަނީ ހިޖާބައެޅުމަކީ އިސްލާމް ދީން އައުމުގެކުރިން ޔަހޫދީން ކޮށްއުޅުނު ކަމެއް ކަމަށެވެ.
މިފަދަ ފަތުވާއެއް ނެރުނު އަންހެނާއަކީ އަޒްހަރު ޔުނިވަރސިޓީގެ ޕްރޮފެސަރެއްވެސް މެއެވެ. އޭނާ ވަނީ ހިޖާބަ އަޅައި ނިވާވުމަށް ﷲ އަންގަވައިފައި ނުވާކަން ހާމަކުރުމަށް ގިނަ ފަތުވާތަކެއް ނެރެފައެވެ. އެއަންހެނާ ބުނާ ގޮތުން ﷲ އަންގަވައިފައިވަނީ ހަމައެކަނި އަންހެނުންގެ އިސްތަށިގަނޑު ނިވާކުރުމަށެވެ.
މިޞުރުގެ ގިނަ ބައަކު ޤަބޫލުކުރާ ގޮތުގައި މި ބިލް ފާސްކޮށްފިނަމަ މިޞުރުގައި ޓެރަރިޒަމުގެ އަމަލުތައް އިތުރުކުރާނެ އެވެ. މިބިލު ޤާނޫނުން ނަގަންދެން ހަނގުރާމަތައް ކުރިއަށް ގެންދާނެއެވެ.
މިޞުރުގައި މިހާރުވެސް ވަނީ ދީނީ ގޮތުން ވަރަށް ބޮޑެތި ކިޔާލުތަފާތުވުންތައް އުފެދިފައެވެ.