އިންތިޚާބުގެ ވާހަކަ އެޖެންޑާކޮށްފިނަމަ ސީރިޔާ ސަރުކާރުން މަޝްވާރާއެއް ނުކުރާނެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
އިންތިޚާބުގެ ވާހަކަ އެޖެންޑާކޮށްފިނަމަ ސީރިޔާ ސަރުކާރުން މަޝްވާރާއެއް ނުކުރާނެ
ސީރިޔާގެ މައްސަލައަށް ޙައްލެއް ޙޯދަން ޖެނީވާގައި މާދަމާ ކުރިއަށް ގެންދަން ހަމެޖެހިފައިވާ މަޝްވަރާތަކުގައި ސީރިޔާގައި ރިޔާސީ އިންތިޚާބެއް ބޭއްވުުގެ މައްސަލަ އެޖެންޑާކޮށްފިނަމަ މަޝްވަރާ ނުކުރާނެކަމަށް ސީރިޔާ ސަރުކާރުން ބުނެފިއެވެ.

ސީރިޔާގެ ޚާރިޖީވަޒީރު، ވަލީދް އަލްމުޢައްލިމް ވިދާޅުވީ މާދަމާގެ މަޝްވަރާތަކުގައި ރިޔާސީ އިންތިޚާބެއް ބޭއްވުމުގެ ވާހަކަ އެޖެންޑާކޮށްފިނަމަ ސީރިޔާގެ ސަރުކާރުގެ ޓީމުން އެކަމަށް ވަގުތުން ދެކޮޅު ހަދާނެ ކަމަށެވެ.

ޚާރިޖީ ވަޒިރު ވިދާޅުވީ ސީރިޔާގައި އިންތިޚާބު ބޭއްވުމަށް ކަނޑައަޅާނީ އެހެން ބައަކު ނޫން ކަމަށާއި އެއީ ސީރިޔާގެ ރައްޔިތުން ކަނޑައަޅަންޖެހޭ ކަމެއް ކަމަށެވެ.

ސީރިޔާގެ މައްސަލަ ހައްލުކުރުމަށް ހަރަކާތްތެރިވަމުންގެންދާ އދ ގެ މަންދޫބު ބުނެފައިވަނީ މާދަމާގެ މަޝްވަރާތައް ސީދާ އަމާޒުކުރާނީ އިންތިޚާބަށް ކަމަށާއި ކޯލިޝަނަކާއި ވެރިކަން ހަވާލުކުރުމުގެ މައްސަލައަށް ކަމަށެވެ. އަދި އެހިސާބުން ބަޝާރުލްއަސަދާއި ސަރުކާރުގެ ދައުރުގެ މައްޗަށް ކަމަށެވެ.

ސީރިޔާގެ ހަނގުރާމަވެރި ޖަމާއަތްތަކުގެ މަންދޫބުން މިހާރު ދަނީ ޖެނީވާއަށް ޖަމާވަމުންނެވެ. އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދަނީ ބަޝާރުލް އަސަދު ވެރިކަމުގައި ބަހައްޓައިގެން ސީރިޔާގައި އުފެދިފައިވާ މައްސަލަތަކަށް އެއްވެސް ޙައްލެއް ނުހޯދޭނެ ކަމަށެވެ.
މިއަދު އޮންލައިން