ވިއްކާލަން އުޅުނު 50 ދުވަސްވީ އަންހެން ކުއްޖެއް ފުލުހުން ގަނެ މަންމަ ހައްޔަރުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ވިއްކާލަން އުޅުނު 50 ދުވަސްވީ އަންހެން ކުއްޖެއް ފުލުހުން ގަނެ މަންމަ ހައްޔަރުކޮށްފި
ނަހަލާލަށް ވިހެއުމަށްފަހު ވިއްކައިލަން އުޅުނު 50 ދުވަސްވީ އަންހެން ކުއްޖެއް ފުލުހުން ގަތުމަށްފަހު މަންމަ ހައްޔަރުކޮށްފިއެވެ.

އަބޫދާބީގައި މަސައްކަތްކުރާ އުމުރުން 39 އަހަރުގެ އަންހެން މީހާ ވަނީ 2012 ވަނަ އަހަރު އޭނާގެ ސްޕޮންސަރުންނަށް ފިލައިފައެވެ. ދަރިފުޅު ލިބުނީ ކައިވެނިން ބޭރުގައި ޕާކިސްތާނުގެ ޑްރައިވަރަކާއިއެކު ޖިންސީ ގުޅުން ހިންގައިގެންނެވެ.

އަބޫދާބީގެ ޢާންމު ޕާކެއްގައި ވިހެއުމަށްފަހު ކުއްޖާ ގޮވައިގެން އޭނާ ދިއައީ ދުބާއީއަށެވެ. ދުބާއީގައި މަގުމަތިސާފުކުރުމުގެ މަސައްކަތުގައި އުޅޭ ސްރީލަންކާ އަންހެނެއްގެ ކޮޓަރިން އެދެއްގެ ޖާގަ ކުއްޔަށް ހިފައިގެން ކުއްޖާ ގޮވައިގެން އުޅުނީ އެ ކޮޓަރީގައެވެ.
އެއިރު އޭނާ މަސައްކަތްކުރަމުން ގެންދިއައީ ދަރިފުޅު ވިއްކައިލުމަށެވެ.

މިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމުން އަންހެން ފުލަހަކު މެދުވެރިކޮށް މައިމީހާ ބުނި އަގު، 10،000 ދިރުހަމް ދީފައި ދަރިފުޅު ގަތީއެވެ. މައިމީހާ ފައިސާގައި ހިފިވަގުތު ފުލުހުން އެތަނަށް ގޮސް މައިމީހާ ހައްޔަރުކޮށް މައްސަލަ ބަލަންފެށީއެވެ.

މައިމީހާ ވަނީ މިވާހަކަތައް ކޯޓުގައި ކިޔައިދީފައެވެ.

އޭނާ ބުނީ ދަރިފުޅު ވިހާނެ ގޮތް ބުނެދިނީ އިންޑޮނޭޭސިއާގައި ތިބި އޭނާގެ ޢާއިލާގެ މީހުން ކަމަށެވެ. އަދި ދަރިފުޅު ވިއްކައިލަން މަސައްކަތްކުރީ އެނބުރި ޤައުމަށް ދިއުމަށް ބޭނުންވާ ފައިސާ ޙޯދުމަށް ކަމަށެވެ.

ޕްރޮސެކިޔުޓަރ ޖެނެރަލް މައިމީހާ އާއި ދައުވާ ކުރަނީ ހިޔުމަން ޓްރެފިކިންގ ކުށުގައެވެ. ދަރިފުޅު މިހާރު ވަނީ އެފަދަ ކުދިން ބަލަހައްޓާ ސެންޓަރަކާ ހަވާލުކޮށްފައެވެ. އަދި ފައިސާ ފުލުހުން ވަނީ އަތުލައިފައެވެ.
މިއަދު އޮންލައިން