އެކިއެކި ކަންކަމާއި ގުޅިގެން ޑޮކްޓަރުންގެ ލަފަޢާއި ނުލައި އަމިއްލައަސް ލޮލަސް ބޭސް އެޅުމަކީ ލޯ އަނދިރިވުން ފަދަ ބޮޑެތި މައްސަލަތައް ކުރިމަތިވާ ކަމެއް ކަމަށް ސައުދީ ލޮލުގެ ޑޮކްޓަރުންގެ ސޮސައިޓީގެ ޑިރެކްޓަރ ޑރ. ވަސީމް ޢަބްދުލްޢަޒީޒް ޢާލަމް ވިދާޅުވެއްޖެއެވެ.
ޑރ. ވަސީމް ވިދާޅުވީ ކަމަކާއި ގުޅިގެން ޑޮކްޓަރުން ބޭސް ދެނީ އެފަހަރަކު ކުރިމަތިވެފައިވާ މައްސަލައަކާއި ގުޅިގެން ކަަމަށެވެ. އެފަހަރު އެބޭގގުން ރަނގަޅުވި ނަމަވެސް އަލުން އެބޭސް ބޭނުންކުރަންވާނީ ޑޮކްޓަރަށް ދައްކައި ލޮލަށް ކުރިމަތިވެފައިވަނީ ހަމައެ މައްސަލަކަމާއި ބޭނުންކުރަންވީ ހަމަ އެބޭސްކަން ކަށަވަރުކުރުމަށްފަހުގައި ކަމަށެވެ.
ޑރ. ވަސީމް ވިދާޅުވީ އަމިއްލައަށް ބޭސް ބޭނުންކުރުމުގެ ސަބަބުން ދެ ލޯ އަނދިރިވުމުގެ އިތުރުން ގުލުކޯމާޖެހި ފަސޭހަ ނުކުރެވޭ ހިސާބަށް ކަންކަންދާ ކަމަށެވެ.
ޑރ. ވަސީމް ވިދާޅުވީ ލޯ ހިރުވުން ފަދަ ކަންކަން ބައެއް މީހުން ސީރިއަސް ކަމެއްގެ ގޮތުގައި ނުނަގާ ކަމަށާއި ޑޮކްޓަރުންގެ ލަފައާއި ނުލައި ބޭސް ބޭނުންކުރާ ކަމަށެވެ. ނަމަވެސް އެއީ ނުރައްކާތެރިކަމެއް ކަމަށާއި އެފަދަ ކަންކަން ނުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.