ފްލައި ދުބާއީގެ ފްލައިޓެއް ރަސިއާގެ ރޮސްޓޮވް-އޮން-ޑޮން ގެ އެއަރޕޯޓަށް ޖައްސަން މަސައްކަތްކުރަނިކޮށް ވެށްޓި ފްލައިޓުން ދަތުރުކުރި 62 މީހުން މަރުވެއްޖެއެވެ.
ރިޕޯޓްތައް ބުނގޮތުން މިހާދިސާ ހިނގަން މެދުވެރިވީ މޫސުން ގޯސްވުމުގެ ސަބަބުން ނުޖެއްސިގެން 2 ވަނަ ފަހަރަށް ރަންވޭގައި ޖައްސަން މަސައްކަތް ކުރަނިކޮށެވެ. "ކުއްލިއަކަށް ފެނުނީ އަލިފާން ބޯޅައެއްގެ ގޮތަށް ފްލައިޓް ގޮވިތަން."
ދުބާއީން ބުނީ ބޮއިންގ 737 ގެ މިބޯޓު، ފްލައިޓް އެފްޒެޑް 981 ފްލައިޓުގައި ތިބީ 55 ފަސިންޖަރުންނާއި 7 ފަޅުވެރިން ކަމަށެވެ.
ފަސިންޖަރުންގެތެރޭގައިި ރަސިއާގެ 44 މީހަކާއި ޔޫމްރައިންގެ 8 މީހަކާއި އިންޑިއާގެ 2 މީހަކާއި އުޒްބަކިސްތާނުގެ މީހަކުު ހިމެނޭ ކަމަށެވެ.
ފްލައި ދުބާއީން ބުނެފައިވަނީ އެކްސިޑެންޓްވުމަށް މެދުވެރިިވި ސަބަބު ބެލުމަށްފަހު ހުރިހައި ފަރާތްތަތެއްގެ ހައްޤުތައް އަދާކުރާނެ ކަމަށެވެ.
ފްލައި ދުބާއީގެ މި ފްލައިޓް ރަންވޭއަށް ތިރިކުރުމުގެކުރިން ވަރަށް ގިނަ ބުރުތައް މަޓީގައި ޖެހިކަން ރާޑަރުން ދައްކައެވެ.
ފްލައި ދުބާއީގެ ފްލައިޓެއް ފުރަތަމަ ފަހަރަށް ވެށްޓިފައިވަނީ 2015 ވަނަ އަހަރުގެ ޖަނަވަރީީ މަހު އިރާޤަށް ޖައްސަން އުޅުމުގެތެރޭގައެވެ.