ތެލުގެ އަގު މިއަހަރުގެ އެންމެމައްޗަށް އުފުލިއްޖެއެވެ. ހުކުރު ދުވަހު އެމެރިކާގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 42.54 ޑޮލަރަށް އުފުލިފައެވެ.
ތެލުގެ އަގު އުފުލިފައިވާއިރު ތެލުގެ އަގު ވެށްޓުނަ ނުދީ ކޮންޓްރޯލުކުރުމަށްޓަކައި އޯޕެކްގެ ޤައުމުތަކުން ވަނީ ތެޔޮ އުފައްދާ މިންވަރު ކޮންޓްރޯލްކޮށް "ފްރީޒްކުރުމަށް" އެއްބަސްވެފައެވެ.
ތެލުގެ އަގު ދިރާސާ ކުރައްވަމުން ގެންދަވާ މާހިރުން ވިދާޅުވާގޮތުގައި ތެލުގެ އަގު އުފުލުމަށް އެމެރިކާއިން ވެސް ކުރަމުން ގެންދާ މަސައްކަތްތަކާއިއެކު ތެލުގެ އަގު އުފުލެމުން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.
ތެޔޮ އުފައްދާ ޤައުމުތަކުން ބުނަމުން ގެންދަނީ ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 60 ޑޮލަރަށް ނުއުފުލޭނަމަ އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.