އުމުރާވުމަށް މަދީނާއަށް މީހުން ގޮވައިގެން ދަތުރުކުރި ބަހެއް ފުރޮޅާލައި 19 މީހުން މަރުވެ 22 މީހުން ޒަޚަމްވެއްޖެއެވެ. މިއެންމެންނަކީވެސް މިޞުރުގެ މީހުންނެވެ.
އަނިޔާ ލިބުނު މީހުންގެ ތެރޭގައި 2 އަންހެނުންނާއި ކުޑަކުއްޖަކުވެސް ހިމެނެއެވެ. ރިޕޯޓްތައް ބުނާގޮތުން އެކްސިޑެންޓްވެފައިވަނީ ރޭ ފަތިހު 4:51 ހައިއިރު ބަސްދުއްވަން އިން ޑްރައިވަރު ނިދިޖެހިގެންނެވެ. ޑްރައިވަރަކީ އޭސިއާއަށް ނިޞްބަތްވާ މީހެކެވެ.
އަނިޔާ ލިބުނު މީހުންނަށް ހޮސްޕިޓަލްތަކުގައި ގެންދަނީ ފަރުވާދެމުންނެވެ.
މިހިތާމަވެރި ހާދިސާގެ ލިބުމުން މިޞުރު އެމްބަސީގެ އެމްބަސީގެ އޮފިޝަލުން ގެންދަނީ މަރުވި މީހުންގެ ކަންކަމާއި ހޮސްޕިޓަލުތަކުގައި ތިބި މީހުންގެ ހާލު ބަލަމުންނެވެ.
މިހާދިސާ ހިނގާފައިވަނީ މަދީނާ އާއި 135 ކިލޯ މީޓަރު ދުރުންނެވެ.