ޤައުމުތަކުގެ ވިޔަފާރީގެ ގުޅުންތައް އިތުރަށް ކުރިއެރުވުމަށް ޗައިނާގެ ރައީސް ޒީޖިންޕިންގ އިސްނަންގަވައިގެން ކުރިއަށް ގެންދަވާ ބެލްޓް އެންޑް ރޯޑް އިިޝިއޭޓިވް ނުވަތަ ސިލްކް ރޯޑް އިކޮނޮމިކް ބެލްޓްގެ ފައިދާ 60 ޤައުމުގެ 4.4 ބިލިއަން ރައްޔިތުންނަށް ކުރާނެ ކަމަށް މެލޭސިޔާއިން ބުނެފިއެވެ.
މެލޭސިޔާގެ ޓްރޭޑް އެންޑް އިންޑަސްޓްރީގެ ސެކަންޑް މިނިސްޓަރ އޮންގ ކާ ޗުއާން ވިދާޅުވީ މިމަޝްރޫއުގެ ސަބަބުން އެންމެ ބޮޑު ފައިދާއެއް ކުރާނެ އެއް ޤައުމަކީ މެލޭސިޔާ ކަމަށެވެ.
އޮންގ ވިދާޅުވީ ޗައިނާގެ އިސްނެގުމަށް ކުރިއަށްގެންދާ މި މަޝްރޫއުގެ ސަބަބުން ދުނިޔޭގެ އިޤްޠިޞާދަށް ވަރަށް ބޮޑު ބަދަލެއް އަންނާނެ ކަމަށާއި އެކަމުގެ ފައިދާ މެލޭސިޔާގެ ވިޔަފާރިތަކަށް ލިބޭނެ ކަމަށް ޔަޤީންކުރައްވާ ކަމަށެވެ.
ބެލްޓް އެންޑް ރޯޑް އިިޝިއޭޓިވް ނުވަތަ ސިލްކް ރޯޑް އިކޮނޮމިކް ބެލްޓްގެ ކަންކަމުގައި ފުރިހަމައަށް ބައިވެރިވެ އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން އޮންގ ވަނީ ދެއްވައިފައެވެ.
މެލޭސިޔާއާއި ޗައިނާގެ ވިޔަފާރީގެ ގުޅުން މިހާރު ވެސް ވަނީ 100 ބިލިއަން ޑޮލަރަށް އަރައިފައެވެ.