ގެރި ގެންގުޅޭތީ 2 މުސްލިމުން ދަންޖައްސައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ގެރި ގެންގުޅޭތީ 2 މުސްލިމުން ދަންޖައްސައިފި
އިންޑިއާގެ ޖަރްޚަންދްސް ލަތޭހާރު ޑިސްޓްރިކްޓްގެ ސަރަހައްދެއްގައި ގެރި ގެންގުޅޭތީ 2 މުސްލިމުން ދައްޖައްސައިފިއެވެ. އެމީހުން ދަންޖައްސާފައި ހުރީ އެހިސާބުގަނޑުގެ ގަހެއްގައެވެ.

އެމީހުން ދަންޖައްސާފައިވަނީ ވަރަށް ބޮޑެތި އަނިޔާތައް ކުރުމަށްފަހުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ. އެމީހުން ދަންސާފައި ވަނީ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

މިކަމާއި ގުޅިގެން ރައްޔިތުންގެ ގިނަ ބައަކު ނުކުމެ ސަރަހައްދުގެ މަގުތައް ބަންދުކޮށް ފުލުހުންނަށް ހަލާދީ ހަދަން ފެށުމުން ގޮތް ހުސްވެގެން ފުލުހުން ވަނީ އެ 2 މީހުން ޖައްސިކަމުގެ ތުހުމަތުގައި 5 މީހަކު މިހާރު ހައްޔަރުކޮށްފައެވެ.

އެ ސަރަހައްދުގެ ސަރުކާރުން ބުނީ އެކަމުގައި ބައިވެރިވި އިތުރު މީހުން ޙޯދުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށާއި އެމީހުން ހޯދައި ހައްޔަރުކުރާނެ ކަމަށެވެ.

އިންޑިއާގައި ގެރި ކަތިލުމާއި ގެރިމަސް ކެއުން މަނާކޮށްފައިވަނީ އަދިވެސް ބައެއް ސްޓޭޓްތަކުގައެވެ. އެހެންކަމުން މިއީ ބީޖޭޕީ ސަރުކާރުން ކިހިނެއް އުފަންކުރުވައިގެން އޫޅޭ ޤަވާއިދެއް ކަމާއިމެދު ސުވާލު އުފެދެއެވެ.

އިންޑިއާ އަކީ އެއް ޤައުމަކަށްވެފައި ހިންގަނީ އެއް ޤާނޫނު އަސާސީއެއް ކަމަށްވާއިރު މިފަދަ ކަންކަމުގައި ބައެއް ސްޓޭޓްތަކުން މިފަދަ ގޮތްތަކަށް އަމަލުކުރަނީ ދުރާލައި ރާވައިގެން މުސްލިމުންނަށް ގޯނާކުރުމަށް ކަމަށް ގިނަ ބައަކު ބުނެއެވެ.
މިއަދު އޮންލައިން