ބެލްޖިއަމްގެ މައި އެއަރޕޯޓުކަމަށްވާ ޒަވެންޓެމް އެއަރޕޯޓުގައި ދެ އެއްޗެއް ގޮވައި ގިނަ ބައަކު ޒަޚަމްކޮށްލައިފިއެވެ.
ރިޕޯޓްތައް ބުނާގޮތުން ދެ ގޮއްވުން ގޮއްވައިލީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. ޒަޚަމްވެފައިވާ ގިނަ ބައަކު އެއަރޕޯޓުގެ ފުރާ ގިމަތައިން ނެރުނު މަންޒަރު ވަނީ ފެނިފައެވެ.
މިހާދިސާ ހިނގީ ބައަކު ކުރިކަމަކުންކަން ނުވަތަ ދިމާވި ހާދިސާއަކުންކަން އަދި ޔަޤީންކުރެވިފައެއް ނުވެއެވެ. އެއަރޕޯޓް ބަންދުކޮށް އެއަރޕޯޓަށް ދާންހުރި މަގުތައްވެސް މިހަރު ވަނީ ބަންދުކޮށްފައެވެ.
ބެލްޖިއަމްގެ ބައެއް ނޫސްތަކުން ބުނެފައިވަނީ ދެ ގޮވުން ވެސް ގޮވީ އެމެރިކަން އެއަރލައިންގެ ޗެކިންގ ކައުންޓަރު ކައިރީގައި ކަމަށެވެ.