ސޯފާއަކުން ވެށްޓި ދެ އަހަރުގެ ކުއްޖަކު މަރުވުމުން 200،000 ރިޔާލައިން ޖުރުމަނާކޮށް 1 އަހަރަށް ޖަލަށް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ސޯފާއަކުން ވެށްޓި ދެ އަހަރުގެ ކުއްޖަކު މަރުވުމުން 200،000 ރިޔާލައިން ޖުރުމަނާކޮށް 1 އަހަރަށް ޖަލަށް
2 އަހަރުގެ ކުޑަކުއްޖަކު ސޯފާއަކުން ވެށްޓުނުއިރު ބޯޖެހި ލިބުުނު ގެއްލުންތަކުގައި މަރުވުމުން ކުއްޖާ ބަލަހައްޓާ މިހާ 200،000 ރިޔާލައިން ޖުރުމަނާކޮށް 1 އަހަރު ދުވަހަށް ޖަލަށް ލުމަށް ދުބާއީގެ ކޯޓަކުން ހުކުމް ކޮށްފިއެވެ.

މިހާދިސާ ދިމާވީ ދުބާއީގައި ދިރިއުޅޭ ޕާކިސްތާނު އަންހެނަކު، ކުދިން ބަލައިދޭކަމަށްބުނެ ކުރި އިޝްތިހާރަކާއި ގުޅިގެން ދެމަފިރިއަކު، އެމީހުން މަސައްކަތު ދާ ގަޑީގައި ދަރިފުޅު ބަލަހައްޓަން އޭނާ އާއި ހަވާލުކުރުމުންނެވެ.

ހާދިސާ ހިނގުމުން ހަޤީޤަތް ހާމަނުކުރަން އޭނާ މަސައްކަތްކުރިއެވެ. އެއްވެސް ކަމެއް ނުވާކަމަށް ބުނެ ހަޤީޤަތް ފޮރުވަން މަސައްކަތްކުރިއެވެ. ނަމަވެސް ޕޯސްޓްމޯޓޮމް ހެދުމުން އެނގުނު ގޮތުގައި ކުއްޖާ މަރުވީ ވެށްޓިޖެހުނު ގޮތުން ސިކުނޑިއަށް ލިބުނު ގެއްލުންތަކަކާއި ގުޅިގެންނެވެ.

ދުބާއީގައި ކުދިން ބެލެހެއްޓުމުގެ މަސައްކަތްކުރަންޖެހެނީ ސަރުކާރުން ހުއްދަ ނަގައިގެން ނަމަވެސް މިއަންހެން މީހާ އެމަސައްކަތްކުރީ ހުއްދަވެސް ނުނަގައެވެ.

ފަހުން އޭނާ ބުނީ ކުއްޖާ ވެށްޓުނީ ސޯފާގައި ބެއިންދުމަށްފަހު ކުއްޖާއަށް ދޭނެ ފެންފޮދެއް ބަލައިދިއަ ވަގުތުގައި ކަމަށެވެ.

ފަނޑިޔާރު ވިދާޅުވީ 200،000 ދިރުހަމުން ޖުރުމަނާކުރީ މަސްއޫލިއްޔަތު އަދާކުރުމުގައި ފަރުވާ ކުޑަކުރުމުގެ ސަބަބުން ކަމަށެވެ. އަދި 1 އަހަރަށް ޖަލުގައި ބަންދުކުރަން ޙުކުމް ކުރީ ހުއްދަ ނުނަގައި ކުދިން ބެލެހެއްޓުމުގެ މަސައްކަތް ކުރުމުން ކަމަށެވެ.
މިއަދު އޮންލައިން