ލަންކާގެ މަސް އެކްސްޕޯޓަރުންވެސް ޑިޔުޓީއަކާ ނުލާ ޗައިނާއަށް މަސް ބޭރުކުރަން މަސައްކަތް ފަށައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ލަންކާގެ މަސް އެކްސްޕޯޓަރުންވެސް ޑިޔުޓީއަކާ ނުލާ ޗައިނާއަށް މަސް ބޭރުކުރަން މަސައްކަތް ފަށައިފި
ސްރީ ލަންކާގެ މަސް އެކްސްޕޯޓަރުންވެސް ޑިޔުޓީއަކާ ނުލައި ޗައިނާއަށް މަހުގެ ބާވަތްތައް ބޭރުކުރަން މަސައްކަތް ފަށައިފިއެވެ.

އެކްސްޕޯޓަރުން ބުނަނީ ފްރީ ޓްރޭޑް އެއްބަސްވުން ޗައިނާއާއިއެކު ވަރަށް މުހިންމު ކަމަށެވެ. އަދި އެކަމަށް މަސައްކަތްކޮށްދިނުމަށް ލަންކާގެ ސަރުކާރުގެ ކިބައިން އެދޭ ކަމަށެވެ.

ސްރީލަންކާގެ މަހުގެ ބާވަތްތައް ޔޫރަޕަށް އެތެރެކުރުން މަނާކުރުމުން ޔޫރަޕަށް ލަންކާގެ މަސް އެތެރެކުރުން ވަނީ ހުއްޓުމަކަށް އައިސްފައެވެ.

އެހެންކަމުން އިތުރު މާކެޓްތައް ހޯދަން ލަންކާގެ އެކްސްޕޯޓަރުންނަށްވެސް ވަނީ މަޖުބޫރުވެފައެވެ. އެގޮތުން ޗައިނާގެ މާކެޓަކީ މުހިންމު މާކެޓެއްކަން އެކްސްޕޯޓަރުން ފާހަގަކުރެއެވެ.

ސްރީލަންކާގެ މަހާއި މަހުގެ އުފެއްދުންތަކަށް ޗައިނާއިން 9 އިންސައްތައިގެ ޑިޔުޓީއެއް މިހާރު ނަގައެވެ.

ސްރީލަންކާގައި 99 އިންސައްތަ މަސްވެރިން މަސްވެރިކަން ކުރަނީ ދައު އަޅައި މަސްވެރިކަމަށް އެންމެ ގެއްލުންހުރި ގޮތުގައެވެ. އެކަމުގެ ސަބަބުން މި ސަރަހައްދުގެ މަސްވެރިކަމަށް އަންނަނީ ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ.
މިއަދު އޮންލައިން