ބެލްޖިއަމްގެ އެއަރޕޯޓުގައި މިއަދު ހެނދުނު 2 އެއްޗެއް ގޮވި ހާދިށާގައި މަރުވި މީހުންގެ އަދަދު 28 އަށް އަރައިފިއެވެ.
ބެލްޖިއަމްގެ ނޫސްތަކުން ބުނަނީ މިހާދިސާގައި އަނިޔާލިބުނު މީހުންގެ އަދަދު 35 އަށް އަރާފައިވާ ކަމަށެވެ. އޭއެފްޕީން ބުނީ މެޓްރޯ ސްޓޭޝަން ކައިރީގައި މޫނުތައް ލެއިން ތަތްތެޅިފައިވާ 15 މީހަކަށް އިމަރޖެންސީ ފަރުވާ ދިންތައް ފެނިފައިވާ ކަމަށެވެ.
މިގޮވުންތައް ގޮވައިފައިވަނީ ބެލްޖިއަމް ގަޑިިން ހެނދުނު 8:00 ހައިއިރުއެވެ. އެއީ ގިނަ އަދަދެއްގެ ބައަކު ދުވަހުގެ މަސައްކަތަށް ހަރަކާތްތެރިވަމުންދިއަ ވަގުތެކެވެ. މިގޮވުންތައް ގޮވާފައިވަނީ ޔޫރަޕިއަން ޔޫނިއަންގެ މައި އިމަރާތާއިވެސް ދާދި ކައިރީގައެވެ.
މިދިއަ އަހަރުގެ ނޮވެމްބަރު މަހު ޕެރިހުގައި ހިންގި ޓެރަރިސްޓް ހަމަލާތަކުގައި އިސްކޮށްހުރި ޞަލާޙް ޢަބްދުއްސަލާމް ބްރަސަލްސްގެ ފުލުހުން ހައްޔަރުކުރީ މިދިއަ ހުކުރު ދުވަހުއެވެ. މިހާރު ވަނީ އޭނާގެ ތަޙްޤީޤްތައް ފަށައިފައެވެ.
ބްރަސަލްސްގައި ހުރި އިޔޫގެ މަރުކަޒުގައި މަސައްކަތްކުރާ އީޔޫގެ 28 ޤައުމުގެ މުވައްޒިފުންނަށް ވަނީ އިމަރާތުން ބޭރަށް ނުދިއުމަށް ނުވަތަ ގޭގައި ތިބުމަށް އަންގައިފައެވެ.
ގޮވުމުގެ އަޑު އިވުނު މީހުން ބުނެފައިވަނީ ގޮވީ 2 ބޮން ކަމަށެވެ.
ފަރަންސޭސި ރައީސް ވިދާޅުވީ މުޅި ޔޫރަޕުގައި ޓެރަރިސްޓު ހަމަލާތައް ދޭން މަސައްކަތް ކުރާކަމަށާއި އެކަމަށް މުޅި ޔޫރަޕް ތައްޔާރުވާންޖެހޭ ކަމަށެވެ.