ބެލްޖިއަމް އެއާޕޯޓުގަ ބޮން ގޮއްވި މައްސަލައިގަ ހޯދާ އިސް މީހާ ފެނިއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ބެލްޖިއަމް އެއާޕޯޓުގަ ބޮން ގޮއްވި މައްސަލައިގަ ހޯދާ އިސް މީހާ ފެނިއްޖެ
ބެލްޖިއަމްގެ އެއާޕޯތުގައި އިއްޔެ ގޮއްވައިލި 2 ބޮމާއި ގުޅިގެން ފުލުހުން އެންމެ ބޮޑަށް ހޯދަމުން ގެންދާ މީހާ އިއްޔެ ފެނިފައިވާ ކަމަށް ބެލްޖިއަމްގެ ބައެއް ނޫސްތަކުން ބުނެފިއެވެ.

ބައެއް ނޫސްތަކުން ބުނެފައިވަނީ އިއްޔެ އަތުލައިގަތީ އުމުރުން 25 އަހަރުގެ ނަދީމް ލާޗްރޯއި ކަމަށް ބުނަން ފަސްޖެހިފައިވާ ކަމަށެވެ.

ސީސީޓީވީތަކުން ފެންނަގޮތުން ޓްރޯލީއެއް ހިފައިގެން އެއަރޕޯޓަށް ވަނުމަށްފަހު އޭނާ ވަނީ އަވަސް އަވަހަށް އެތަނުން ނުކުމެ ފިލައިގެންގޮސްފައެވެ.

ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި އިއްޔެ ދިން 3 ވަނަ ހަމަލާ ދީފައިވަނީ މެޓްރީ ސްޓޭޝަނެއްގައެވެ. ހާދިސާގައި ބައެއް މީހުންގެ ހަށިތައް ވިއްސައިގެންދިއައިރު އެމީހުންގެ ހަށިތައް ވަނީ ކުދިކުދިވެފައެވެ. އެހެންކަމުން އެއީ ކޮންބައެއްކަން އަދިވެސް ވަކިކުރެވިފައެއް ނުވެއެވެ.

ޔޫރަޕުގެ މައި މަރުކަޒު ހުންނަ ބްރަސަލްސްގައި ދިން މިހަމަލާތަކަށް މުޅި ދުނިޔެ ދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ. ނަމަވެސް ބައެއް ފަރާތްތަކުން ބުނަނީ މިފަދަ ހަމަލާތައް އަމާޒުވަމުންދަނީ ނޭޓޯ އާއި އެމެރިކާއިން މުސްލިމުންނަށް އެކިއެކި ނަންނަމުގައި ހަމަލާދީ މަރަމުން ގެންދާތީ ކަމަށެވެ.
މިއަދު އޮންލައިން