އިންޑިއާގެ އަންހެން ކުއްޖަކު ބައްޕަގެ ޖިންސީ އަނިޔާކުރުންތަކުން ސަލާމަތްވާން ވީޑިއޯކޮށް ޢާއިލާއަށް ދެއްކުމަށްފަހު ފުލުހުންނާ ހަވާލުކޮށްފިއެވެ.
އުމުރުން 18 އަހަރުގެ އަންހެން ކުއްޖާ ބުނީ ބައްޕަ އޭނާއަށް ޖިންސީ ގޯނާކުރަމުން އަންނަތާ 4 އަހަރު ވެއްޖެ ކަމަށެވެ. އެކަމުގެ ވާހަކަ މަންމައާއި ދޮށީ ދައްތަ ކައިރީ ކިޔައިދިން ނަަމވެސް އެކަން އެމީހުން ޤަބޫލުނުކުރާ ކަމަށެވެ.
"އެހެންވެ ހެކި ދައްކަން އަހަރެން އަހަރެންގެ ފޯނަށް ވީޑިއޯކުރީ. އަހަރެން ބޭނުމެއް ނޫން ޖަލުގައި ބައްޕަ ދަންޖައްސާކަށް. އަހަރެން ބޭނުމީ ޢާންމުތަނެއްގައި ގިނަ ބައަކު ބައްޕައަށް އަނިޔާކޮށް މަރަން. އެއިރުން އަނިޔާއަކީ ކޮބައިކަން ބައްޕައަށް ވިސްނޭނެ. އަހަރެން ބޭނުމެއް ނޫން އެހައި އަނިޔާވެރި ބައްޕައެއް."
ފުލުހުންނަށް މައްސަލަ ހުށަހެޅުމުން މިހާރު ވަނީ ބައްޕަ ބަންދުކޮށްފައެވެ.
މަންމަ ބުނީ އޭނާއަށް އަބަދުވެސް ޤަބޫލުކުރެވުނީ ދަރިފުޅު ވާހަކަދެއްކީ ދޮގު ހަދައިގެން ކަމަށެވެ. ފިރިމީހާ އެފަދަ ކަމެއް ކޮށްފާނެ ކަމަށް ދުވަހަކުވެސް ޤަބޫލުނުކުރެވޭ ކަމަށެވެ.