ކްރިސްޓިއަނުންގެ ބޮޑު ޕޯޕް ފްރޭންސިސް، އެންމެންނަކީ އަޚުންކަމަށް ބުނެ އިޓަލީގައި ތިބި މުސްލިމް ރިފިޔުޖީންތަކެއްގެ ފައި ދޮވެދީ ބޮސްދީ ހަދައިފިއެވެ.
ޕޯޕް މިކަން ކޮށްފައިވަނީ ބްރަސަލްސްއަށް ބޮމުގެ ހަމަލާތަކަށްފަހު މުސްލިމް ރިފިޔުޖީން ބަލައި ނުގަތުމަށް ޔޫރަޕުގެ ގިނަ ޤައުމުތަކުން ވިސްނަމުންދާ ވަގުތެއްގައެވެ.
ޕޯޕް ބުނީ ހުރިހައި ދީނެއްގައިވެސް އިންސާނުންގެ ލެޔަށް ފެންބޮވައިގެންފައިވާ ބައަކު ތިބޭނެ ކަމަށާއި އެކަމަށް ވިސްނަންޖެހޭނެ ކަމަށެވެ. އަދި އެފަދަ މީހުން ކުރާ ކަންކަމުގެ ސަބަބުން މުޅި އިންސާނިއްޔަތަށް ގެއްލުން ލިބޭނެ ކަންކަން ކޮށްގެން ނުވާނެ ކަމަށެވެ.
ޕޯޕް ބުނީ މީހާގެ ދީނަކީ މައްސަލައެއް ކަމަށް ބަލައި އެއްވެސް ފިޔަވަޅެއް އަޅައިގެން ނުވާނެ ކަމަށެވެ. ކޮންމެ ދީނަކަށް ނިޞްބަތްވި ނަމަވެސް ހުރިހައި އިންސާނުންނަކީވެސް އަޚުން ކަމަށެވެ.
މިޙަރަކާތް އިންތިޒާމުކުރި ފަރާތުން އުންމިދުކޮށްފައިވަނީ އެތައް ހާސް ބައަކު ޕޯޕަށް މަރުހަބާ ކިޔައި މިހަރަކާތުގައި ބައިވެރިވާނެ ކަމަށެވެ. ނަމަވެސް މިހަރަކާތުގައި ބައިވެރިވީ 800 ވަރަކަށް ރިފިޔުޖީންނެވެ.