ނިދީ ޗަޕެކާރ ހޯމަ ދުވަހުގެރޭ ދަންވަރު މުމްބާއީގައި އޭނާ ދިރިއުޅޭ ގެއިން ނުކުތީ ކުޑަ ދެ ދަރިން އަރާމުގައި ނިންދެވުމަށްފަހު ދެ ދަރިންނާއި އަދި ފިރިމީހާއާއި ސަލާމްކޮށް ހެޔޮ ދުޢާކުރަމުންނެވެ.
ނިދީއަކީ ޖެޓް އެއަރވޭޒްގެ ޗީފް ކެބިން ކުރޫއެކެވެ. އޭނާގެ ދަތުރު ހަަމޖެހިފައިވަނީ ބްރަސަލްސް އަށާއި ޖެނިވާއަށް ދިއުމަށްފަހު 5 ދުވަސް ފަހުން އެނބުރި އިންޑިއާއަށް އައުމަށެވެ.
ކަންދިމާވިގޮތުން އަންގާރަ ދުވަހު ބްރަސްސަލްސްގެ އެއަރޕޯޓުގައި ގޮއްވައިލި ފުރަތަމަ ބޮން ގޮއްވައިލީ އެ ސަރަހައްދުން ނިދީ ހުރަސްކުރަނިކޮށެވެ.
ލެއިން ތަތްތެޅިފައިވާ ނިދީގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރުވާންފެށީ އެހަމަލާއިން ސަލާމަތްވި ބައަކު ނިދީގެ ފޮޓޯއެއް ހާމަކުރުމުންނެވެ. މުޅި ޢާއިލާއަށްވެސް އެކަން ވެގެން ދިއައީ ލިބުނު ކުއްލި ސިހުމަކަށެވެ.
ނިދީ މިހާރު ގެންދަނީ ބްރަސަލްސްގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯދަމުންނެވެ. ގެއްލުން ލިބުނު ލޯ އަނބުރައި ލިބޭނެކަމުގެ އުންމީދު އަދިއެއް ނުލިބެއެވެ. ނަމަވެސް ޢާއިލާއިން އުފާކުރަނީ ނިދީގެ ފުރާނަ ސަލާމަތްވުމުންނެވެ. ނިދީގެ އާއިލާއިން ބުނަނީ އެއް ލޯ އަނދިރިވެ އަދި ކަކުލު ހުޅަށް ލިބުނު ގެއްލުންތަކާއިއެކުވެސް ނިޑީގެ ފުރާނަ ސަލާމަތްވުމުން ﷲއަށް ޙަމްދުކުރާ ކަމަށެވެ.