ސްރީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ 67 ވަނަ އުފަންދުވަހަށް ބޮޑު ތަރުޙީބެއް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ސްރީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ 67 ވަނަ އުފަންދުވަހަށް ބޮޑު ތަރުޙީބެއް
ސްރީލަންކާގެ ބޮޑުވަޒިރު ރަނިލް ވިކްރަމަ ސިންހަގެ 57 ވަނަ އުފަން ދުވަހަށް ބޮޑު ތަރުޙީބެއް ލިބިއްޖެއެވެ.

މިދިއަ ބުރާސްފަތި ދުވަހަކީ ރަނިލް ވިކްރަމަ ސިންހެގެ 67 ވަނަ އުފަންދުވަހެވެ. ދުވަހާއި ގުޅުއްވައި ގިނަ އަދަދެއްގެ ދުނިޔޭގެ ލީޑަރުންނާއި ޖަމާއަތްތަކުން ވަނީ އެމަނިކުފާނަށް ދުވަހުގެ ތަހުނިޔާ އަރިސްކޮށްފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފޮނުއްވި މެސެޖުގައި "އަޅުގަނޑުގެ މިތުރު، ޙިކުމަތްތެރި ވިސްނުންފުޅު ތޫނު، ރަނިލް ވިކްރަމަސިންހައަށް ދުޅަހެޔޮ ޞިއްޙަތާއި ދިގު އުމުރުފުޅަކަށް" ވަނީ އެދިވަޑައިގެންފައެވެ.

ރަނިލް ވިކްރަމަސިންހަ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 24 މާރޗް 1949 ގައެވެ. އެމަނިކުފާނު ސްރީލަންކާގެ ބޮޑުވަޒިރުކަން މިހާރު ކުރައްވަމުން އެގެންދަވަނީ 3 ވަނަ ފަހަރަށެވެ.

ރައީސް މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގައި ސްރީލަންކާ ވެށްޓިފައިވާ ފުންވަޅުގަނޑުން ޤައުމު ސަލާމަތްކުރެއްވުމަށް މިހާރުގެ ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް ބައިނަލްއަޤްވާމީ ފެންވަރުގައި އަންނަނީ ތަރުޙީބު އިތުރުވަމުންނެވެ.
މިއަދު އޮންލައިން