ޕާކިސްތާނުގެ ލާހޫރުގައި ޖާނުން ފިދާވެގެން ދިން ހަމަލާއެއްގައި 64 މީހުން މަރުވެ 100 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ. މިހަމަލާ ދީފައިވަނީ ގުލްޝަން އިޤްބާލް ޕާކުގެ ބޭރުގައެވެ.
ޕާކިސްތާނުގެ އޮފިޝަލުން ބުނެފައިވަނީ ގޮއްވައިލި ބޮމަކީ ވަރަށް ބާރުގަދަ ބޮމެއް ކަމަށާއި މިހާދިސާގައި މަރުވެ އަދި އަނިޔާ ލިބުނު ގިނަ މީހުންނަކީ އަންހެނުންނާއި ކުޑަކުދިން ކަމަށެވެ.
ޕާކިސްތާނުގެ ފުލުހުން ބުނީ ގޮއްވައިލީ ކޮން ބާވަތެއްގެ ބޮމެއްކަން އަދި ބުނަން ނުއެނގޭ ކަަމަށެވެ. އަދި އިމަރޖެންސީ ކޯލް ފުލުހުންނަސް ލިބިފައިވަނީ އިރުއޮއްސި 6:44 ހައިއިރު ކަމަށެވެ. އެވަގުތަކީ ޕާކަށް ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ޖަމާވީ ވަގުތެވެ.
ފުލުހުން ބުނީ ޖާނުންފިދާވި މީހާގެ ބޯ މިހާރު ފެނިފައިވާ ކަމަށާއި ގިނަ އަދަދެއްގެ ރޯލަރ ބެއަރިންތަކެއް ފެނިފައިވާ ކަމަށެވެ.