ޕާކިސްތާނުގަ އިއްޔެ ދިން ހަމަލާގަ މަރުވި މީހުންގެ އަދަދު 70 އަށް، ޒަޚަމްވި މީހުންގެ އަދަދު 300 އަށް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
ޕާކިސްތާނުގަ އިއްޔެ ދިން ހަމަލާގަ މަރުވި މީހުންގެ އަދަދު 70 އަށް، ޒަޚަމްވި މީހުންގެ އަދަދު 300 އަށް
ޕާކިސްތާނުގެ ލާހޫރުގައި އިއްޔެ އިރުއޮއްސުނުވަގުތު ދިން ބޮމުގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 70 އަށް އަދި ޒަޚަމްވި މީހުންގެ އަދަދު 300 އަސްވުރެ ގިނަ ކަމަށް ޕާކިސްތާނުގެ ބައެއް ނޫސްތަކުން ބުނެއެވެ.

މަރުވި މީހުންގެ ތެރޭގައި މިހައިތަނަށް 29 ކުޑަކުދިން ހިމެނެއެވެ. އަދި ގިނަ އަދަދެއްގެ އަންހެނުންވެސް ހިމެނެއެވެ.

ރިޕޯޓްތައް ބުނާގޮތުން މިހަމަލާ ދިނީ އައިއެސްއަށް ތާއީދުކުރާ އަލްޤައިދާއަށް ނިޞްބަތްވާ ޖަމާއަތުލްއަހްރާރް އިންނެވެ. އަދި ހަމަލާ އަމާޒުކޮށްފައިވަނީ ޕާކިސްތާނުގެ ކްރިސްޓިއަނުންނަށެވެ. "ހަމަލާ އަމާޒުކޮށްފައި އެވަނީ އީސްޓަރ ހޮލިޑޭޒް އާއި ގުޅިގެން ގިނަ އާއިލާތަކުން ޕާކަށްދިއަވަގުތު."

ޕާކިސްތާނުގައި ކްރިސްޓިއަނުން ހިމެނެނީ މައިނޯރިޓީ ބައެއްގެ ގޮތުގައެވެ.

މިހަމަލާ އާއި ގުޅިގެން ޕާކިސްތާނުން ވަނީ 3 ދުވަހުގެ ހިތާމަފައުޅުކުރުން އިއުލާނުކޮށްފައެވެ.
މިއަދު އޮންލައިން