ސަރުކާރުގެ އިދާރާތަކުން ސީއައިބީ ރިޕޯޓްތަކަށްވުރެ ސޯޝަލް މީޑިއާ ދެކެ ބިރުގަތުމަކީ މައްސަލައެއް: ޝޫރާ މަޖިލިސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ސަރުކާރުގެ އިދާރާތަކުން ސީއައިބީ ރިޕޯޓްތަކަށްވުރެ ސޯޝަލް މީޑިއާ ދެކެ ބިރުގަތުމަކީ މައްސަލައެއް: ޝޫރާ މަޖިލިސް
ސަރުކާރުގެ ބައެއް އިދާރާތަކުން ކޮންޓްރޯލް އެންޑް އިނވެސްޓިގޭޝަން ބިޔުރޯ (ސީއައިބީ)ގެ ރިޕޯޓްތަކަށްވުރެ ސޯޝަލް މީޑިއާގައި ހާމަކުރާ ފޮޓޯއެއް ނުވަތަ ލިޔުމެއް ދެކެ ބިރުގަތުމަކީ މައްސަލައެއް ކަމަށް ސައުދިއަރަބިޔާގެ ޝޫރާ މަޖިލީހުން ބުނެފިއެވެ.

މަޖިލީހުގެ މެންބަރު ޙަނާން އަލްއަހްމަދީ ވިދާޅުވީ ސީއައިބީގެ ރިޕޯޓްތަކަށްވުރެ ސޯޝަލް މީޑިއާގައި ހާމަކުރާ އެއްޗެއް ދެކެ ބިރުގަތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ޙަނާން ވިދާޅުވީ ސަރުކާރުގެ ބައެއް އިދަރާތަކުން ކުރާ ނުރަނގަޅު ކަންކަމާއި ކަންކަން ބަލަން ހަމަޖައްސައިފައިވާ ސީއައިބީ ފަދަ މުއައްސަސާތަކަށް އެއްބާރުލުން ނުދޭކަމުގެ ޝަކުވާ ޝޫރާ މަޖިލީހަށް ލިބެމުން އަންނަ ކަމަށެވެ.

ހަނާން ވިދާޅުވީ ސީއައިބީގެ ރިޕޯޓްތައް ގިނައިން ޢާންމުވަނީ ސޯޝަލް މީޑިއާތަކުގައި ކަންކަން ހާމަކުރުމުން ކަމަށާއި އެއީވެސް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.

ޙަނާން ވިދާޅުވީ ކަންކަން ކުރަން އޮންނަ ގޮތަށް ކަންކަން ކުރާނަމަ، އަދި ކަންކަން ބަލަހައްޓަންޖެހޭ ގޮތަށް ބަލަހައްޓަމުން ގެންދާނަމަ ސޯޝަލް މީޑިއާތަކުގައި ކިޔާނެ ފާޑުކިޔުންތަކެއް ނުއޮންނާނެ ކަމަށެވެ. އަދި ތުހުމަތެއް ކުރިނަމަވެސް އެކަމުގައި ހަޤީޤަތެއް ނެތްނަމަ ސީއައިބީ ފަދަ މުއައްސަސާއަކުން ތަޙްޤީޤްކޮށްފާނެތީ ބިރުގަންނަން ޖެހޭނެ ކަމެއްވެސް ނުއޮންނާނެ ކަމަށެވެ.

ޤައުމުގެ ކަންކަން ކުރިއަރައިގެންދާ މިންވަރުގައި މުއައްސަސާތަކުގެ ދައުރުވެސް ކުރިއަރައިދިއުމުގެ މުހިންމުކަން ޙަނާން ވަނީ ފާހަގަކުރައްވައިފައެވެ.
މިއަދު އޮންލައިން