އަނބިމީހާ ގޮވައިގެން ރެސްޓޯރަންޓަކަށް ވަނުމަށްފަހު ފަރުދާކުރަން ކުޑަދޮރުގެ ބިއްލޫރިގަނޑު ފަރުދާ ކުރުމުން އެކަން ބޮޑު ބަހުސަކަށް ވެއްޖެއެވެ.
ދެމީހުންނަށް ތިބެވޭފަދަ ކެބިނަކަށް ވަނުމަށްފަހު އެތަނުގައި ބޭރު ފެންނަގޮތަށް ހުރި ބިއްލޫރި ލެއްވި ކުޑަދޮރު ފިރިމީހާ ނިވާކުރީ އޭނާގެ ބޮލުގައި އަޅަންގެންގުޅޭ ފޮތިގަނޑުންެނެވެ. މަންޒަރު ފޮޓޯނަގައި ސޯޝަލް މީޑިއާގައި ހާމަކުރުމުން 120،000 އަސްވުރެ ގިނަ މީހުން ވަނީ އެކަމަށް ފާޑުކިޔައިފައެވެ.
ބައެއް މީހުން ބުނެފައިވަނީ ފިރިމީހާއަކީ ފިނޑިއެއް ކަމަށާއި އެކަން ކުރީ އަނބިމީހާ އަޅުވެތިކޮށްގެން ގެންގުޅޭތީ ކަމަށެވެ.
ނަމަވެސް ދީނީ އިލްމުވެރިންނާއި ގިނަ ބައަކު ބުނެފައިވަނީ އެއީ އޭނާކުރި ރަނގަޅު ކަމެއް ކަމަށެވެ. ޢާންމުތަނަކަށް ވަން ނަމަވެސް ވީވަރަކުން ފަރުދާކޮށްގެން އަނބިން ގެންގުޅެނީ އެކަނބަލުންނަށް އޮންނަ ލޯބީގެ ބޮޑުކަމުން ކަމަށެވެ. އަނބިމީހާ "ބޮޑުގުޅަ" ނުހައްދަން ކަމަށެވެ.
އަނބިންގެ ހައްޤުތައް ހިމާޔަތްކޮށްދީ އެހެންމީހުންގެ ބެލުންތަކުން ސަލާމަތްކޮށްގެން ގެންގުޅުމަކީ ފިރިންނަށް އޮތް ވާޖިބެއް ކަމަށްވެސް ބައެއް އިލްމުވެރިން ވަނީ ވިދާޅުވެފައެވެ.