މިޞުރުގެ ރައްޔިތެއް އޭނާ އިނދެ ވަރިކޮށްފައިވާ ލޯބިވެރިޔާ އާއި ބައްދަލުކުރަން މިޞުރުގެ ފްލައިޓެއް ޙައިޖެކްކޮށްގެން ސައިޕްރަސްއަށް ޖެއްސުވި މީހާ، ސައިފް އަލްދިން މުޞްޠަފާ ހައްޔަރުކޮށްފިއެވެ. އޭނާ ހައްޔަރުކުރެވުނުކަން ސައިޕްރަސް އިން ހާމަކުރި ނަމަވެސް އިތުރު އެއްވެސް ތަފްސީލެއް ހާމައެއް ނުކުރެއެވެ.
މިއަދު ހެނދުނު މިޞުރުގެ އެލެކްސެންޑްރިއާ އިން ޤާހިރާއަށް ދާން ފުރި ޑޮމެސްޓިކް ފްލައިޓުގެ ދަތުރުފެށުމުން އޭނާގެ އުނގަނޑުގައި ބޮން ބެލްޓެއް އެބައިން ކަމަށާއި ސައިޕަރަސްއަށް ނުދާނަމަ ފްލައިޓް ގޮއްވާލާނެ ކަމަށެވެ.
ފްލައިޓް ސައޕްރަސްގެ ލަރްނަކާ އެއަރޕޯޓުގައި ޖެއްސުމުން 7 ފަޅުވެރިންނާއި 3 ފަސިންޖަރަކު ފިޔަވައި ދެން ތިބި 71 ފަސިންޖަރުން ވަނީ މިނިވަންކަމާއިއެކު ދޫކޮށްލައިފައެވެ. އަދި ފަހުން އެންމެން ވަނީ ސަލާމަތްވެފައެވެ.
ސައިޕްރަސްގެ ޓީވީއަކުން ބުނީ އޭނާ އެދުނުފަދައިން އަންހެން މީހާ އާއި ދެމީހުންގެ ކުޑަ ދަރިފުޅު އެއަރޕޯޓަށް ގެންދެވުނުކަމަށެވެ.
އެއަރޕޯޓުގެ ހުރިހައި ކަންކަން އިމަރޖެންސީ ހާލަތަށް ގެންދެވުނު ނަމަވެސް އޭނާގެ އަތުގައި އެއްވެސް ހަތިޔާރެއް ހުރިކަމަށް އަދި ހާމަކޮށްފައެއް ނުވެއެވެ. އޭނާ ވަނީ ސައިޕްރަސްގެ ހިމާޔަތަށް އެދިފައެވެ.
ފްލައިޓުން ދަތުރުކުރި މީހުންގެތެރޭގައި ޔޫރަޕުގެ ޤައުމުތަކަށް ނިޞްބަތްވާ 21 މީހުން ތިބުމުން ޤައުމުތަކުން ދިއައީ އިންތިހާއަށް ކަންބޮޑުވުން ފައުޅުކުރަމުންނެވެ.